ހަބަރު

ހެނދުނު އެކްސިޑެންޓްވި ކުއްޖާ މަރުވެއްޖެ

Jan 19, 2019
10

މިއަދު ހެނދުނު މާލޭގައި ބާރު ސްޕީޑްގައި ސައިކަލް ދުއްވަނިކޮށް ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ކުއްޖާ މަރުވެއްޖެ އެވެ. ފުލުހުން މިހާރު ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. އޭނާ މަރުވީ މިއަދު މެންދުރު އެވެ.

މާލޭގެ މަސް މާރުކޭޓް ސަރަހައްދުގައި މިއަދު ހެދުނު 7:00 ޖެހިއިރު ހިނގި މި އެކްސިޑެންޓަށް ފަހޖު މަރުވެފައި ވަނީ 17 އަހަރުގެ ކުއްޖެކެވެ. ހެނދުނުގެ އެކްސިޑެންޓު ހިނގީ އޭނާ ބާރަށް ދުއްވަމުން ދިޔަ ސައިކަލު މަސް މާރުކޭޓް ސަރަހައްދުގައި ޕާކްކޮށްފައި އޮތް ޕިކަޕެއްގައި ޖެހިގެނެވެ.

އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނެގި އިރު ވިންދު ނުޖަހާ ކަމަށް ކުރިން ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އެނާ މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށުމުން ވިންދު ވެސް ޖަހަން ފަށާފައި ވަނިކޮށެވެ.