ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފަރުވާއަށް ފަހު އަނބުރާ ޖަލަށް ބަދަލުކޮށްފި އެވެ.
އަދީބު ގޭގައި ބެހެއްޓުމަށް ފަހު ޖަލަށް ބަދަލު ކުރި ނަމަވެސް، ހާލު ސީރިއަސްވެ އަލުން އައިޖީއެމްއެޗަށް ގެނެސް އެޑިޓްކޮށް މިހާތަނަށް އޮތީ އައިޖީއެމްއެޗްގަ އެވެ.
ފުލުހުން ބުނީ، އަދީބު ޖަލަށް ބަދަލު ކުރުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ފުލުހުން އެހީތެރިކަން ފޯރުކޮށް ދެމުންދާ ކަމަށެވެ. އަދީބު ޖަލަށް ބަދަލު ކުރާ މައްސަލައިގައި އޭނާ ނިސްބަތްވާ ޕާޓީ އެމްޓީޑީއިން އަންނަނީ ނުރުހުން ފާޅު ކުރަމުން އެވެ.