ހަބަރު

ހުޅުމާލޭގައި އިތުރު މަރެއް، މިފަހަރު ބިދޭސީއެއް

ހުޅުމާލޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. މިއީ މަރުވެފައި ވަަނިކޮށް މިއަދު ހުޅުމާލެއިން ފެނުނު ދެވަނަ މީހާ އެވެ.

ފުލުހުން ބުނީ މިއަދު 2:00 ހާއިރު އުމުރުން 38 އަހަރުގެ ބިދޭސީ ފިރިހެނަކު މަރުވެފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހުޅުމާލޭ ރޯ ހައުސްއެއްގެ ޓެރަސްމަތީ ވެސް މީހަކު މަރުވެފައި އޮއްވާ މިއަދު ފެނުނެވެ. ފުލުހުން އަންނަނީ އެ ދެ މައްސަލަ ވެސް ތަހުގީގު ކުރަމުންނެވެ.