ހަބަރު

ފާރެއްގެ ބައެއް ވެއްޓި މީހަކަށް އަނިޔާ

Jan 20, 2019

މާލޭ ގެއެއްގެ ފާރެއްގެ ބައެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ޗާންދަނީ މަގު "ރެޑްބީ" ފިހާރަ ކައިރީ ހުން ގެއެއްގެ ފާރުގެ ބައެއް މިރޭ 7:00 ޖެހި އިރު އެވެ. އެ މީހާގެ މިހާރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީ މިހާރު ވަނީ ދޫކޮށްލައިފި އެވެ.

އެ ހާދިސާގައި އަނިޔާވީ 19 އަހަރުގެ ފިިރިހެނަކަށެވެ. އަނިޔާވީ އޭނާގެ އަތަށެވެ. އަދި އެ ފާރުގެ ބައިވެއްޓުނު އިރު އެ ސަރަހައްދުގައި ހުރި ބައެއް ސައިކަލުތަކަށް ވެސް ގެއްލުންވި އެވެ.

އަނިޔާވި މީހާއަށް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.