ހަބަރު

މިއުޒިކީ ފަންނާނުންގެ ފޯރަމް މިރޭ

ރާއްޖޭގެ މިއުޒިކީ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންނަށް ހާއްސަކޮށް ފޯރަމެއް ބާއްވަން ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިން ނިންމައިފި އެވެ.

މިއުޒިކީ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންގެ ތެރެއިން ސަގާފީ އަދި ޒަމާނީ މިއުޒިކާއި ނެށުމާއި ކުޅިވަރު ހިމެނޭ ފަރާތްތަކަށް ހާއްސަކޮށް މި ފޯރަމް ބާއްވަނީ މިރޭ މާލޭގެ ސޯޝަލް ސެންޓަރުގަ އެވެ. މި ފޯރަމް ބާއްވަނީ އެ ދާއިރާ އިތުރަށް ތަރައްގީކޮށް ކުރިއަރުވަން ބޭނުންވާ ހިޔާލު ހޯދާށެވެ.

އެންސީއޭއިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ، ފޯރަމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިރޭ 8:45 ގައި ސޯޝަލް ސެންޓަރަށް ދިއުމުން ބައިވެރިވެވޭނެ ކަމަށެވެ.

މިއުޒިކްގެ އިތުރުން ވިޝުއަލް އާޓްސްގެ ދާއިރާގެ ފަންނުވެރިންނަށް ހާއްސަކޮށްގެން ބާއްވާ ފޯރަމެއް ކުރިއަށް އޮތް ހަފުތާގަ އާއި އަންނަ ފެބްރުއަރީ މަހު ބާއްވަން ވެސް އެންސީއޭ އިން ވަނީ ނިންމާފަ އެވެ.

އެންސީއޭ މިހާރު އޮންނަނީ އަލަށް އުފެއްދި، މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖްގެ ދަށުގަ އެވެ.