ހަބަރު

ތިމަރަފުށީގައި ގިނަ އަދަދެއްގެ ސައިކަލްތަކުގެ މަޑި ކަފާލައިފި

ތ. ތިމަރަފުށީގައި ގިނަ އަދަދެއްގެ ސައިކަލް ތަކެއްގެ މަޑި ކަފާލައިފި އެވެ.

ރޭގެ ވަގުތެއްގައި ތިމަރަފުށިން 27 ސައިކަލެއްގެ މަޑިކަފާލައިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. އެރަށު މީހަކު "އަވަސް"އާ ވާހަކަ ދައްކަވަމުން ބުނީ، މިއީ ސިޔާސީ ބޭނުމަކު ނުވަތަ ބަޔަކަށް ގެއްލުމަށް ދިނުމުގެ ނިޔަތުގައި ކުރި ކަމެއްކަން އަދި ސާފުވާގޮތްވެފައިވާ ނުވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "އަވަސް" އަށް ވިދާޅުވީ މިމައްސަލަ ފުލުހުންނަށް ހުށަހާޅާފައިވަނީ މިއަދު ހެނދުނު 7:15 ގައި ކަމަށެވެ. މިމައްސަލައިގެ ތަހުގީގު ކުރަމުންދާ ކަަމަށާއި، އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް، ފުލުހުން ބުންޏެވެ.