ހަބަރު

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި ބަޔަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ސައިކަލަކާއި ބައިސްކަލެއްޖެހި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނީ، މިއަދު ހެނދުނު 9:45 ގައި ހިނގި އެ އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން ދެ މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރެއިން އުމުރުން 58 އަހަރުގެ ފިރިހެނެއްގެ ބޮލަށާއި އަތައް އަނިޔާވެފައިވާއިރު 54 އަހަރުގެ ފިރިހެނެއްގެ ގައިގެ އެކި ތަންތަން މަށައިގެން ގޮސްފައިވާ ކަމަށާއި އޭނާގެ ނޭފަތުން ލޭވެސް އަންނަ ކަމަށް އާސަންދައިން ބުންޏެވެ.

ފުލުހުން ބުނީ، އެކްސިޑެންޓް ހިނގާފައިވާކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 10:00 ގައި ކަމަށެވެ. އެކްސިޑެންޓް ހިނގީ ހުޅުމާލޭ ނިރޮޅު މަގުން އުތުރުން ދެކުނަށް ދުއްވި ކާރެއް އެ މަގުގައި ހުންނަ އެލް މޮބައިލް ފިހާރަ ކައިރިއަށް މަޑުކުރަން އުޅުނު ވަގުތު ސައިކަލަކާއި ބައިސްކަލެއް ޖެހިގެން ކަމަށެވެ.

އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވި އިރު ދެން ހިމެނެނީ ކުޑަކުއްޖެކެވެ.