ހަބަރު

ބަހާނެ ހެލްމެޓު ގަންނަން އިއުލާން ކޮށްފި

ސައިކަލު ދުއްވާއިރު އަޅާ ހެލްމެޓު ގަންނަން ޓްރާންސްޕޯޓު އޮތޯރިޓީން އިއުލާން ކޮށްފި އެވެ. މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީއިން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ، އެ އެއޮތޯރިޓީއަށް ހެލްމެޓު ގަންނަން ބޭނުންވާ ކަމަށެވެ.

އަދި ބުނެފައި ވަނީ ހެލްމެޓް ސަޕްލައި ކޮށްލަދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދީއްތާގައި އެ އޮތޯރިޓީއަށް އަންދާސީ ހިސާބު ހުށަހަޅަން އެދޭ ކަމަށެވެ.

ސަރުކާރުން ވަނީ ސިނަމާލެ ބްރިޖާއި މާލޭ ރިންގު ރޯޑުގައި ހެލްމެޓު އަޅަން މަޖުބޫރު ކޮށް އަންނަ މާޗް 10 އަށް ފަހު ހެލްމެޓު ނާޅާ ދުއްވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.

ސަރުކާރުން އާންމުންނަށް 5000 ހެލްމެޓު ބެހުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ.