މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލްގެ ހުރިހާ މުވައްޒަފުން ޕްލާސްޓިކަށް ނޫނެކޭ ބުނެފި

ސަރުކާރުގެ އެންމެ މުވައްޒަފުން ގިނަ އެއް ކުންފުނި ކަމަށްވާ އެމްޕީއެލްގެ ހުރިހާ މުވައްޒަފުން ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލައިިފި އެވެ.

އެމްޕީއެލްއިން ބުނީ ސަރުކާރުން ފަށާފައިވާ "ޕްލާސްޓިކަށް ނޫނެނޭ" ބުނުމުގެ ކެމްޕޭންގައި ބައިވެރިވުމުގެ ގޮތުން އެއްފަހަރު ބޭނުންކޮށް އެއްލައިލާ ޕްލާސްޓިކް ފުޅި ބޭނުން ކުރުން އެ ކުންފުނިން މިހާރު ހުއްޓާލާފައިވާ ކަމަށެވެ.

އެމްޕީއެލްއަކީ ގާތްގަނޑަކަށް 1800 އެއްހާ މުވައްޒަފުން މަސައްކަތް ކުރާ ކުންފުންޏެވެ.

އެ ކުންފުނިން ބުނީ އެ ކެމްޕޭންގެ ދަށުން އެ ކުންފުނީގެ މުވައްޒަފުންގެ އިތުރުން އެތަނުގައި ބާއްވާ ތަފާތު ރަސްމިއްޔާތުތަކުގައި ވެސް ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލަން މަސައްކަތް ކުރާނެ ކަމަށެވެ.

"މިހާރު މީޓިން ރޫމްގައި ވެސް ބޭނުމެއް ނުކުރާނެ ޕްލާސްޓިކް ފުޅިއެއް. މިކަން މިކުރަނީ މުވައްޒަފުންނަށް މަޖުބޫރު ކޮށްގެނެއްނޫން. އެމީހުންނަށް ވިސްނައިދީގެން. ބިއްލޫރި ފުޅިވެސް ދީގެން،" އޮފިޝަލް ވިދާޅުވި އެވެ.

ޕްލާސްޓިކަށް ނޫނެކޭ ބުނެ، ކެމްޕޭނެއް ކުރިއަށް ގެންދާއިރު، ރާއްޖޭގެ ތިމާވެށި ހަލާކުކޮށް، މީހުންގެ ސިއްހަަތަށް ބޮޑެތި ގެއްލުންތަކެއް ދޭ އެއްޗަކަށް ސިންގަލް ޔޫސް ޕްލާޓިކް ފުޅި ވަނީ ވެފަ އެވެ.