ހަބަރު

ފުވަމުލަކުގައި އެކްސިޑެންޓެއްވެ ކުއްޖެއްގެ ފައި ބިނދިއްޖެ

ފުވަމުލަކުގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި އެ ސައިކަލު ދުއްވަން އިން ކުއްޖާގެ ފައި ބިނދިއްޖެ އެވެ.

ފުލުހުން ބުނީ މިރޭ 8:30 އެހާކަންހާއިރު އެ ރަށުގެ ފުނާޑުގެ މަގަކުން ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ކަހާލައިގެން ވެއްޓިފައިވާ ކަމަށެވެ. ސައިކަލު ދުއްވަން އިނީ އުމުރުން 17 އަހަރުގެ ކުއްޖެއް ކަމަށާއި އޭނާއަށް ފުވަމުލަކު ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ

ފުވަމުލަކު ހޮސްޕިޓަލުގެ އޮފިޝަލަކު "އަވަސް" އަށް ވިދާޅުވީ އެ ކުއްޖާ ފައި ބިނދިފައިވާ ކަމަށެވެ.