ދެހާސް ސަތާރަ ވަނަ އަހަރު ރާއްޖެއިން ދެ މިލިއަން މެސެޖުކޮށް 1.5 މިލިއަން މިނެޓުގެ ފޯނު ކޯލް ކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. ސަރުކާރުން ދެހާސް ސަތާރަ ވަނަ އަހަރުގެ ރިޕޯޓް ނެރުނީ މި އަހަރު އެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި 2017 ވަނަ އަހަރު ރާއްޖެއިން ޖުމްލަ 2,014,230 އެސްއެމްއެސް ކުރި އެވެ. އެހެންކަމުން މިދިޔަ އެ އަހަރު ރާއްޖޭގެ ކޮންމެ މީހަކު އެވްރެޖު ގޮތެއްގައި ފޯނުން 361 މެސެޖު ކޮށްފައި ވެއެވެ. މި އަދަދަކީ 2016 ވަނަ އަހަރު ރާއްޖޭން ފޮނުވި 319,315 މެސެޖާ އަޅާ ބަލާއިރު ގާތްގަނޑަކަށް 84 ޕަސެންޓުގެ އިތުރު ވުމެކެވެ.
ގައުމީ ތަފާސްހިސާބުތައް ދައްކާ ގޮތުގައި 2017 ވަނަ އަހަރު ރާއްޖޭން 1,549,661 މިނެޓުގެ ފޯން ކޯލު ވަނީ ކޮށްފައި ވެއެވެ. މިއީ މީގެ އަށް އަހަރު ކުރިއާ އަޅާބަލާނަމަ ގާތްގަނޑަކަށް 19 ޕަސެންޓުގެ އިތުރު ވުމެކެވެ. އަދި 2017 ވަނަ އަހަރު ރާއްޖޭން 171,262 މިނެޓުގެ ބައިނަލް އަގުވާމީ ކޯލު ވެސް ވަނީ ކޮށްފަ އެވެ. އެއީ 52,968 ފޯނު ކޯލެވެ.
ރާއްޖޭގެ އެތެރޭގައި ކޮށްފައިވާ ކޯލްތަކަށް ބަލާއިރު އަހަރުން އަހަރަށް ދަނީ އެތެރޭގެ ކޯލްގެ އަދަދު މަދުވަމުންނެވެ، ނަމަވެސް ބައިނަލް އަގުވާމީ ކޯލްތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތައް ދައްކާ އެވެ.
މިގޮތުން 2011 ވަނަ އަހަރު ރާއްޖޭގައި ކޮށްފައިވަނީ 142,170 މިނެޓުގެ ލޯކަލް ކޯލެވެ. ނަމަވެސް 2017 ވަނަ އަހަރު މި އަދަދު ވަނީ 7,663 މިނެޓަށް ދަށްވެފަ އެވެ. އަދި 2011 ވަނަ އަހަރު ބައިނަލް އަގުވާމީ ކޯލްތަކަށް 7,862 މިނެޓު ރާއްޖޭން ހޭދަކޮށްފައިވެ އެވެ. ނަމަވެސް 2017 ވަނަ އަހަރު މި އަދަދު ވަނީ 171,262 މިނެޓަށް އިތުރުވެފަ އެވެ.