ހަބަރު

ބޮޑުތަކުރުފާނު މަގުގައި ގަސް އިންދަނީ

ބޭރުމަގުގައި އިންދުމަށް ހަމަޖެހިފައިވަނީ ބޮޑެތި ގަސްތައް --
0%
0%
0%

ބޮޑުތަކުރުފާނު މަގު ފެހިކުރަން އެންވަޔަރަންމަންޓް މިނިސްޓްރީން މާލެ ސިޓީ ކައުންސިލަށް 2700 އަށްވުރެ ގިނަ ގަސް ހަވާލު ކޮށްފި އެވެ.

ތައިސޭ ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސިޓީ ކައުންސިލަށް ގަސްތައް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަނެވެ. މާލޭ ސިޓީ ކައުންސިލުގެ ފަރާތުން ގަސްތަކާ ހަވާލުވެލެއްވީ މާލެ ސިޓީގެ މޭޔާ ޝިފާ މުހައްމަދު އެވެ.

އެންވަޔަރަމަންޓުން މާލެ ސިޓީ ކައުންސިލަށް 2700 ގަސް ހަވާލުކުރި -

ބޮޑުތަކުރުފާނު މަގުގައި އިންދަން ހަމަޖައްސާފައިވަނީ ރާއްޖޭގައި މިހާރު ވެސް އާއްމުކޮށް ހުންނަ އެކި ވައްތަރުގެ ގަސްގަހެވެ. އޭގެތެރޭގައި ހިތި ގަހަސް ފަދަ ގަސްތައް ހިމެނެ އެވެ. މި ގަސްތައް އިންދުމުގައި ބެލެވޭނީ ވައި ސާފު ކުރާ ފަދަ ގަސްތަކަށް ކަމަށް އެންވަޔަރަމަންޓުން ބުނެ އެވެ. އަދި، ބޭރުމަގު ފެހި ކުރުމުގެ ގޮތުން ޕޮޓްތަކުގައި އިންދުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ މާހައުލުން މަދުވެފައި ހުރި މީރުވަސް ދުވާ މާ ގަސްތައް ކަމަށާއި އޭގެ ތެރޭގައި ކަރަންކާ މަލާއި ޗަމްޕާ ޕޫލް ފަދަ މާ ގަސް ހިމެނޭނެ ކަމަށްވެސް އެންވަޔަރަމަންޓުން ބުނެ އެވެ.

ބޮޑުތަކުރުފާނު މަގު އަލުން ތަރައްގީ ކުރުމަށް، އެ މަގުގައި ހުރި ގަސްތައް ކަނޑަން ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ. އަދި، ކުރީ ސަރުކާރުން ނިންމާފައިވަނީ ބޭރުމަގުގައި 450 ގަސް އިންދުމަށެވެ.
މުޅި ރާއްޖެ ފެހިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345