މަރުވެފައި އޮތް މީހަކު މާލޭގެ ފަޅުތެރެއިން ފެނިއްޖެ އެވެ. ފުލުހުން ބުނީ އެ މީހާ ފެނުނުނީ މިއަދު ހެނދުނު 6:00 ޖެހި އިރު ކަމަށާއި އެ މީހާ ފެނިފައި ވަނީ އާންމުކޮށް ކަރާ ވިއްކާ ލޯކަލް މާރުކޭޓާ ދިމާ މޫދުން ކަމަށެވެ.
ލިބިފައިވާ މައުލޫމާތުތަކަށް ބަލައި އެއީ އިންޑިއާގެ މީހެއްކަން ޔަގީން ކެވިފައިވާ ކަމަށާއި އެމީހޭ ހަށީގަނޑުގެ ބޭރުން ބަލާއިރު އެއްވެސް އަނިޔާއެއް ފާހަގަ ކުރެވިފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މޫދުގެ ތެރޭގައި މަރުވެފައި އޮތީ ފިރިހެން މީހާގެ މައްސަލަ ފުލުހުން ބަލައި ތަހުގީގު ކުރަން ފަށާފައިވާއިރު އިތުރު އެއްވެސް މައުލޫމާތެއް އަދި ސާފެއް ނުވެއެވެ.