ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާ މޫދު އަޑީގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
އެމްއެންޑީއެފް ބުނީ ފަތުރުވެރިޔާގެ ހަށިގަނޑު ފެންމަތިކުރުމުގެ މަސައްކަތް ކޯސްޓް ގާޑް އަދި އެ ފަތުރުވެރިޔާ މޫދަށް ފޭބި "ނޯތްލެސް ކްރޫޒާ 2" ނަމަކަށް ކިޔާ ސަފާރީގެ ޑައިވަރުންނާއެކު ކުރަމުންދާ ކަމަށެވެ.
ގެއްލިގެން ހޯދަމުންދިޔަ ފަތުރުވެރިޔާގެ ހަށިގަނޑު ފެނިފައިވަނީ މިއަދު 4:26 ހާއިރު އެވެ.
މި ފަތުރުވެރިޔާ ގެއްލިގެން އެމްއެންޑީއެފްއަށް ރިޕޯޓް ކޮށްފައިވަނީ މިއަދު މެންދުރުފަހު 1:30 އެހާކަންހާއިރު އެވެ.