ވިޔަފާރި

އެމްޓީސީސީ ފައިދާ ފަހު ކްއާޓަރުގައި ތިން މިލިއަނަށް

އެމްޓީސީސީ އަށް މިދިޔަ އަހަރުގެ ފަހު ކްއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ތިން މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިއްޖެ އެވެ.

އެމްޓީސީސީ އިން ނެރުނު 2018 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ސާފު ފައިދާ ދައްކާ ގޮތުން 2.9 މިލިއަން ރުފިޔާ ލިބުނުއިރު، 2017 ވަނަ އަހަރު 97 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެހެންވެ، މިއީ ސާފު ފައިދާ ބޮޑުތަން ދައްވުމެކެވެ.

ފަޅު ފުންކުރުމާއި އިމާރާތް ކުރުން އަދި ބަނދަރު ހެދުމުގެ ވިޔަފާރިއަށް ހާއްސަ ކުންފުނީގެ މާލީ ރިޕޯޓުތައް ދައްކާ ގޮތުގައި ހަތަރު ވަނަ ކުއާޓަރުގައި އެ ކުންފުނިން ވަނީ 363 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފަ އެވެ. ނަމަވެސް 2017 ވަނަ އަހަރު ކޮށްފައިވަނީ 382 މިލިއަން ރުފިޔާގެ ވިޔަފާރި އެވެ. އަދި ހަތަރު ވަނަ ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި ލިބުނީ 61 މިލިއަން ރުފިޔާގެ އެވެ. ނަމަވެސް 2017 ވަނަ އަހަރު ލިބިފައިވަނީ 131 މިލިއަން ރުފިޔާ އެވެ.