އަހުމަދު ނަސީރު

ކުންފުނިތަކުގެ ބޯޑަށް ގާބިލް މީހުން ލާންޖެހޭ: ގަވަރުނަރު

ކުންފުނިތަކުގެ ޑިރެކްޓަރުން ބޯޑަށް ގާބިލް މީހުން ލާން ޖެހޭ ކަމަށް ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެ އެވެ.

"އެލައިޑު ސްޕެޝަލް އިވެންޓުގައި" ރޭ ވާހަކަފުޅު ދައްކަވަމުން ގަވަރުނަރު ވިދާޅުވީ ސަރުކާރު ކުންފުނިތަކާއި އަމިއްލަ ކުންފުނިތައް ވެސް ހިންގަން ޖެހޭނީ ކޯޕަރޭޓް ގަވަނަންސްގެ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

"ކޯޕަރޭޓް ގަވަނަންސްގެ ވާހަކަ ދައްކާއިރު އެންމެ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މި ބެލެވެނީ ކުންފުނީގެ ބޯޑާއި މެނޭޖުމަންޓާ ދެމެދު އޮންނަ ގުޅުން. ކުންފުނީގެ ކުރިމަގު ބައްޓަން ކުރުމަށް ބޯޑުގެ ޑައިރެކްޓާސް ކުޅެން ޖެހޭ ރޯލާއި ހަމައެހެންމެ، ބޯޑު މެންބަރުންގައި ހުންނަންޖެހޭ ޝަރަތުތަކާއި މުހިންމުކަން ދޭންޖެހޭ ކަންތައްތައް ފާހަގަ ކުރަން ޖެހޭ،" ނަސީރު ވިދާޅުވި އެވެ.

ގަވަރުނަރު ނަސީރު ވިދާޅުވީ ބޯޑު މެންބަރުންނަކީ ކުންފުނީގެ ކުރިމަގު ބައްޓަން ކުރުމުގައި ބަހުސް ކުރުމުގެ ގާބިލްކަން ހުރި ބަޔަކަށް ވާން ޖެހޭ ކަމަށެވެ.

"ފައިނޭންޝަލް ލިޓްރެސީ އާއި ރިޕޯޓްތައް ރީޑް ކުރުމުގެ ގާބިލްކަން ހުރި، ކުންފުނީގެ މަސައްކަތްތަކާއި ގުޅިގެން ލަފާ އެރުވޭނެ، ބަޔަކަށް ބޯޑު ޑައިރެކްޓަރުން ވާން ޖެހޭ. މިއީ ހުރިހާ ސެކްޓާއެއްގެ ކުންފުނިތައް ވެސް އަހަމިއްޔަތުކަން ދޭންޖެހޭ ކަމެއް،" ނަސީރު ވިދާޅުވި އެވެ.

ފައިނޭންޝަލް ލިޓްރެސީ އާއި ރިޕޯޓްތައް ރީޑް ކުރުމުގެ ގާބިލްކަން ހުރި، ކުންފުނީގެ މަސައްކަތްތަކާއި ގުޅިގެން ލަފާ އެރުވޭނެ ބަޔަކަށް ބޯޑު ޑައިރެކްޓަރުން ވާން ޖެހޭ. މިއީ ހުރިހާ ސެކްޓާއެއްގެ ކުންފުނިތައް ވެސް އަހަމިއްޔަތުކަން ދޭންޖެހޭ ކަމެއް،
އަހުމަދު ނަސީރު | އެމްއެމްއޭގެ ގަވަރުނަރު

ކުންފުނިތަކުގެ ބޯޑަށް ގާބިލް މީހުން ލާންޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވިއިރު، ސަރުކާރު ކުންފުނިތަކުގެ ބޯޑު
ޑިރެކްޓަރުންގެ މަގާމަށް ދަނީ ގިނަ ބަޔަކު ލަމުންނެވެ.