ވިޔަފާރި

އެޑްވެންޗާ އޮފް މޯލްޑިވްސްގެ އެއްވަނަ އަހުމަދު ފަޒީލްއަށް

ރާއްޖެ އިޝްތިހާރު ކުރަން ބޭނުން ކުރެވޭ ގޮތަށް ތައްޔާރު ކުރި އަށް ގެންދިޔަ ވީޑިއޯ މުބާރާތް އެޑްވެންޗާ އޮފް މޯލްޑިވްސް ގެ އެއްވަނަ މުހައްމަދު ފަޒީލް ހޯދައިފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ކުރިއަށް ގެންދިޔަ މި މުބާރާތުގެ އެއްވަނަ އަށް ދިޔަ އަހުމަދު ފަޒީލް އަށް އިނާމުގެ ގޮތުގައި ލިބިފައިވަނީ އެއްލައްކަ ރުފިޔާ އެވެ. ދެވަނައަށް ދިޔަ އަލީ މަމްދޫހަށް 20،000ރ. ލިބިފަ އެވެ. ދެވަނަ ހޯދި އަނެއް ބައިވެރިއަކީ އިނގިރޭސި ރައްޔިތެއް ކަމަށްވާ ޕައުލް ޖޮޒެކީ އެވެ.

ޗަމްޕާ ސެންޓަރަލް ހޮޓެލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި މުބާރާތުގެ ވަނަތައް ހޯދި އެންމެނަށް ވަނީ އިނާމު ހަވާލުކޮށްފަ އެވެ. އިނާމުތައް ހަވާލު ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު އެވެ.

ރެޑްބުލް މެއިން ސްޕޮންސާއެއްގެ ގޮތުގައި ހަރަކާތްތެރިވި މި މުބާރާތު ކުރިއަށް ގެންގޮސްފައިވަނީ މުބާރާތަށް ހުށަހެޅި ވީޑިއޯތަކަށް ފޭސްބުކް މެދުވެރިކޮށް ލައިކް ހޯދާ ގޮތަށެވެ. މިދިޔަ އަހަރުގެ މުބާރާތަށް 27 ވީޑިއޯއެއް ވަނީ ހުށަހަޅާފަ އެވެ. މި އަހަރުގެ މުބާރާތަށް ރާއްޖޭގެ އިތުރުން ޗައިނާ އާއި އިންޑިއާ އަދި އިނގިރޭސިވިލާތުގެ އިތުރުން ސުވިޑަން އޮސްޓްރޭލިޔާ އަދި ދެކުނު އެފްރިއާ އާއި ހަންރޭވީ އަދި ދެކުނު އެފްރިކާ މީހުން ވަނީ ވީޑިއޯތައް ބައިވެރިކޮށްފަ އެވެ. މި މުބާރާތަށް ހުށަހަޅެނީ ރާއްޖޭގައި އެމީހުން ނަގާފައިވާ ވީޑިއޯ ތަކެވެ. މި ވީޑިއޯތައް ދެ ހަފުތާ ތެރޭގައި ދެލައްކަ ފަހަރު ބަލައި 23،000 އަށްވުރެ ގިނަ ރިއެކްޝަން ލިބިފައިވާއިރު، 3،000 ޝެއާ ކޮށްފައިވެ އެވެ.

އެޑްވެންޗާ އޮފް މޯލްޑިވްސް މުބާރާތަށް ހުށަހެޅި ވީޑިއޯ ތަކަށް ޖަޖުކޮށްފައިވަނީ ފަސް މެންބަރުން ހިމެނޭ ހާއްސަ ޕެނަލްއަކުންނެވެ. މިއީ މިގޮތަށް ކުރިއަށް ގެންދިޔަ ދެވަނަ މުބާރާތެވެ. މި މުބާރާތުގެ އެންމެ ރަނގަޅު 10 ވީޑިއޯ ވިޒިޓްމޯލްޑިވްސްގެ ރަސްމީ ޔޫޓިއުބަށް ޕަބްލިޝް ކުރާނެ އެވެ.