ވިޔަފާރި

އުރީދޫ ހާއްސަ ކަސްޓަމަރުންނަށް ލައިފް އިންޝުއަރެންސް

އުރީދޫ އިން ކްލަބް ޕްރިމިޔާ ކަސްޓަމަރުންނަށް ހިލޭ ލައިފް އިންޝުއަރަންސްގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

އުރީދޫގެ މި ހިދުމަތް ތައާރަފު ކުރީ މިމަހުގެ 30 ވަނަ ދުވަހު ދަރުބާރުގޭގައި ބޭއްވި "އެލައިޑް ސްޕެޝަލް އިވެންޓް" ގަ އެވެ.

އުރީދޫން ބުނީ ހަމައެއާއިއެކު، އެލައިޑް އިންޝުއަރަންސްއާ ގުޅިގެން، އެކުންފުނީގެ އެންމެހާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވަރަށް ހެޔޮ އަގެއްގައި މި ހިދުމަތް ފޯރުކޮށްދިނުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށެވެ. އަދި ފުރާނަ އަށް ގެންލުންވާ ފަދަ ކުއްލި ހާލަތްތަކުގައި، އާއިލާ އަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ އެލައިޑްގެ ލައިފް އިންޝުއަރަންސް މެދުވެރިކޮށް، އުރީދޫގެ ކަސްޓަމަރުންނަށް އެހީތެރިކަން ލިބިގެންދާނެ ދަނޑިވަޅުތަކަކީ:

* ގުދުރަތީ ގޮތުން ނުވަތަ އެކްސިޑެންޓެއްގެ ސަބަބުން ފުރާނަ ގެއްލިގެންދިއުން
* އެކްސިޑެންޓެއްގެ ސަބަބުން ދިމާވާ ޕަރމަނަންޓް ޑިސްއެބިލިޓީ
* އެކްސިޑެންޓެއްގެ ސަބަބުން ދިމާވާ ޕާޝަނަލް ޑިސްއެބިލިޓީ

އުރީދޫގެ ސީއީއޯ، ނަޖީބް ޙާން ވިދާޅުވީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ފައިދާކުރާ ފަދަ އާ ކަންކަން ބަލައިގަނެ، ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން އަބަދު ވެސް އަޙަމިއްޔަތުދެއްވާނެ ކަމަށެވެ. އަދި ލައިފް އިންޝުއަރަންސް އަކީ އާއިލާ އަށް އެންމެ އެހީތެރިކަން ބޭނުންވާ ވަގުތުގައި އެހީ ފޯރުކޮށްދޭނެ ކަމަށެވެ.

"އާއިލާގެ މުސްތަޤްބަލް ރައްކާތެރިކޮށްދޭ މުހިއްމު ޚިދުމަތެއް. ދުނިޔޭގައި ދިމާވެދާނެ ކުއްލި ޙާލަތްތަކަށް އިތުރަށް ތައްޔާރުކޮށްދޭ މި ޚިދުމަތުގެ ސަބަބުން، އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި އާއިލާތަކަށް ހިތް ހަމަޖެހުން ލިބިގެންދާނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަން،" ނަޖީބު ވިދާޅުވި އެވެ.

ކްލަބް ޕްރިމިއާ އަކީ އުރީދޫގެ އެންމެ އަގުހުރި ކަސްޓަމަރުންނަށް ޝުކުރު އަދާކޮށް، އެބޭފުޅުންގެ އަގުވަޒަން ކުރުމަށް ތައާރަފް ކުރެވިފައިވާ ރިވާރޑް ސްކީމެކެވެ. މިގޮތުން، ހުރިހާ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށްވެސް، އެލައިޑްގެ ލައިފް އިންޝުއަރަންސްގެ ހިދުމަތް ހިލޭ އުރީދޫ އިން ފޯރުކޮށްދޭނެއެވެ. މި ޚިދުމަތް ބޭނުންފުޅުވާ ކަސްޓަމަރުންނަށް، އުރީދޫ ވެބްސައިޓް މެދުވެރިކޮށް ނުވަތަ ކްލަބް ޕްރިމިއާ ލައުންޖައް ޒިޔާރަތް ކުރައްވައިގެން ރަޖިސްޓާ ކުރެވޭނެ އެވެ.

ލައިފް އިންޝުއަރަންސްގެ ޚިދުމަތް ވަރަށް ހެޔޮ އަގެއްގައި އުރީދޫގެ ހުރިހާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކައި، އެކުންފުނިން ދަނީ އެލައިޑް އިންޝުއަރަންސާއި އެކު މަސައްކަތް ކުރަމުންނެވެ. އަދި މި ޕެކޭޖުގެ މައުލޫމާތު ކައިރި މުސްތަޣްބަލެއްގައި އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނާއި ހިއްސާ ކުރެވިގެންދާނެއެވެ. ލައިފް އިންޝުއަރަންސްގެ ޚިދުމަތް ހޯދައި، ކްލެއިމްކުރުމަށް، އަދި ޕެކޭޖާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް https://www.ooredoo.mv/club-premier/ އަށް ޒިޔާރަތް ކުރައްވާށެވެ.