ހަބަރު

މަސްވެރިކަމަށް ނުކުމެ އުޅުނު މީހަކު މަރުވެއްޖެ

ލ. ހިތަދޫ ބޭރުގައި މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގައި ހުރި މީހަކު މަރުވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ، ހިތަދޫ ގެ ދެކުނުން 24 ނޯޓިކަމް މޭލްގައި މަސްވެރިކަން ކުރަމުން ދިޔަ "މާވެހި" ނަމަކަށް ދޯނީގައި ހުރި މީހަކު ހާލު ދެރަވެގެން ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދަން އެހީވެދީފައިވާ ކަމަށެވެ. ގަމު ހޮސްޕިޓަލުން ބުނީ، 45 އަހަރުގެ އެ މީހާ ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށެވެ. ކޯސްޓް ގާޑުގައި އޭނާ ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައީ، މިއަދު ހެދުނު 11:30 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ނަމަވެސް އޭނާ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ވަނީ މަރުވެފަ އެވެ. މިއަދު ހެދުނުވެސް ނ. މާފަރު ގައި މަސް ބާނަން މޫދަށް އެރިއުޅުނުމީހަކު ވަނީ މަރުވެފަ އެވެ. އޭނާ މަރުވީ މެޔަށް ތަދެއް އަރައިގެން އެއްގަމަށް ދަނިކޮން އެވެ.