އެމްއެންޑީއެފް

މަސްވެރިކަަން ކުރަން އުޅުނު މީހަކު މިއަދުވެސް މަރުވެއްޖެ

ދ. ހުޅުދެލީ ބޭރުގައި މަސްވެރިކަން ކުރަމުން ދިޔަ ދޯންޏަކުން މީހަކު މަރުވެއްޖެ އެވެ.

އެމްއެންޑީއެފް އިން ކުރި ޓުވީޓެއްގައި ބުނީ ހުޅުދެލީގެ 10 ނޯޓިކަލް މޭލު ބޭރުން "އުއްމީދު-3" ނަމަކަށް ކިޔާ ދޯނީގައި ހުރި މީހަކު ކުއްލިއަކަށް ހާލު ދެރަވެ، އެމްއެންޑީއެެފް ސެންޓްރަލް އޭރިއާ ސީ އެމްބިޔުލާންސް ގައި އެ ދ. ކުޑަހުވަދޫ ހޮސްޕިޓަލަށް މިއަދު ހަވީރު 5:50 ހާއިރު ގެންގޮސްފައިވާ ކަމަށެވެ.

ކުޑަހުވަދޫ ހޮސްޕިޓަލްގެ ފަރާތުން އެތަނުގެ ޕަބްލިކް ރިލޭޝަން މޭނާޖާ "އަވަސް" އަށް ވިދާޅުވީ، މިއަދު ހަވީރު ހާލު ދެރަވުމުގެ ސަބަބުން ގެނައި މީހާއަކީ ލޭ މައްޗަށްދާ މީހެއް ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެނައިއިރުވެސް މަރުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެމީހާ މަރުވެފައިވަނީ އަދި ކޮން ސަބަބަކާ ހެދި ކަމެއް ބުނަން ނޭގޭ ކަމަށެވެ.

އިއްޔެވެސް ވަނީ މަސްވެރިކަމަށް ނުކުމެ އުޅުނު ދެމީހަކު މަރުވެފަ އެވެ. އެގޮތުން އިއްޔެ މަރުވި އުމުރުން 45 އަހަރުގެ މީހާ މަރުވެފައިވަނީ މަސްވެރިކަން ކުރަން ހުއްޓާ ހާލު ދެރަވުމާ ގުޅުގެން އެމްއެންޑީއެފްގެ އެޙީތެރިކަމާއެކު ހޮސްޕިޓަލަށް ގެންދަނިކޮށެވެ.