ހަބަރު

ސައިކަލެއް ކޮންޓްރޯލް ނުވެ މޫން ކެފޭ ތެރެއަށް

Feb 5, 2019
2

ސައިކަލެއް ކޮންޓްރޯލުން ނެއްޓިގެން ގަލޮޅު ދަނޑު ކައިރީ ހުންނަ މޫން ކެފޭ ތެރެއަށް ވަދެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 9:30 ހާއިރު ސައިކަލެއް ސްޓާޓް ކުރަން އުޅުމުގެ ތެރޭގައި މޫން ކެފޭ ހޮޓަލްގެ ތެރެއަށް ސައިކަލެއް ވަދެފައިވާ ކަމަށެވެ. ސައިކަލު ދުއްވަން އިނީ އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާއަށް ސީރިޔަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

އެ ހަދިސާގައި މޫން ކެފޭގެ ބިއްލޫރި ގަނޑެއް ތަޅައިގެން ގޮސްފައިވަ ކަމަށް ފުލުހުން ބުންޏެވެ. ކެފޭ ތެރޭގައި ހުރި މީހަަކަށް އަނިޔާއެއް ނުވެ އެވެ.