ބަންދުގައި ހުރި މީހަކަށް ފުލުހުން އަނިޔާކުރި މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ޕްރޮފެޝަނަލް ސްޓޭންޑާސް ކޮމިޝަންއިން ބަލަމުން ދަނީ، މިމަހުގެ އެއްވަނަ ދުވަހު އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނައި މީހަކަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކޮށް ހުށަހެޅުނު މައްސަލައެއް ކަމަށެވެ.
އެ މައްސަލާގައި ތުހުމަތު ކުރެވެނީ ހަތަރު ފުލުހަކަށް ކަމަށައި އެ މީހުން ތިބީ ޑިއުޓީގައި އައްޑޫ ގައި ކަމަށް ފުލުހުން ބުންޏެވެ. އެ ހާދިސާގެ ލިޔެކިޔުންތަކުން އެއްވެސް މީހަކަށް އަނިޔާ ކުރިކަން އެނގެން ނެތް ކަމަށާއި ނަމަވެސް އެ ފަރާތްތަކުގެ އާއިލާ އިން އޭނާއަށް އަނިޔާ ކުރި ކަމަށް ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.