ހަބަރު

މާލޭގެ އިމާރާތަކުން ފުންމާލި ކުއްޖަކަށް އައިސީޔޫގައި ފަރުވާދެނީ

މާލޭގެ އިމާރާތަކުން ރޭ ދަންވަރު ކުޑަ އަންހެން ކުއްޖަކު ފުންމާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ، ހެންވޭރު ގެއެއްގެ މަތިން ރޭ ދަންވަރު 14 އަހަރުގެ އަންހެން ކުއްޖަކު ފުންމާލުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް އޭޑީކޭ އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށެވެ. އެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

މައްސަލަ ތަހުގީގު ކުރާތީ އެކަމާ ގުޅޭ އިތުރު މައުލޫމާތު ހާމަކުރެވެން ނެތް ކަމަށް ފުލުހުން ބުންޏެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތު އޭޑީކޭ އިން ލިބިފައިނުވާތީވެ، ކުއްޖާއަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ސާފެއް ނުވެ އެވެ.