ލައިފްސްޓައިލް

"އަފިރިންގެ ނޭޗާ ޕާކް"ގެ ޗާލުކަން ކިޔައިދީފި!

ރާއްޖޭގެ އެންމެ ދެކުނަށް އޮތް އައްޑޫއަކީ ގިނަ ބަޔެއްގެ ބަކެޓް ލިސްޓުގައި ހިމެނޭ ތަނަކަށް ވާއިރު އައްޑޫގައި ޗުއްޓީ ހޭދަކޮށްލަން ދާ އެންމެންވެސް ކޯއްޓޭ އާއި އީދިގަލިކިޅީގެ ފެހިކަމާއި ފަރިކަމުގައި ޖެހެ އެވެ. މި ދެތަން އެކުގައި "އައްޑޫ ނޭޗާ ޕާކް"ގެ ގޮތު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ ހިމާޔަތް ކޮށްފައިވާއިރު އައްޑޫ ނޭޗާ ޕާކްގެ ހިތްގައިމުކަން އައިޝަތު އަޒަލް އާއި ހަސަން ޝަހުދާން ވަނީ ލަވައިން ކިޔައިދީފަ އެވެ.

ސ. ހިތަދޫ ޗަމްޕާޕޫލުމާގޭ އާތިފާ ސައީދުގެ ފަރާތުން އައްޑޫ ނޭޗާ ޕާކަށް ހަދިޔާކޮށްފައިވާ ހާއްސަ ލަވަ މޯލްޑިވިއަން އައިޑަލް އަޒަލް އާއި އައިޑޮލްގައި ވިދާލި ޝަހުދާން ހުށަހަޅައި ދިނީ އެ މީހުންގެ އަމިއްލަ މެލޮޑީއަކަށެވެ. މި ލަވައަށް ދިރުން ގެނެސްދީ އައްޑޫ ނޭޗާ ޕާކް އެންމެންގެ ފޯނު ސްކްރީންތަކާ ހަމައަށް ގެނައީ ގްރެފައިޓް އައިލެންޑުންނެވެ.

އަފިރިންގެ ނޭޗާ ޕާކްގެ ރީތި ހިތްފަސޭހަ މަންޒަރުތައް ރާއްޖެއާއި ދުނިޔެއަށް ފެނިއްޖެ އެވެ. އަދި އެތަނަށް ދިއުމަށް ދައުވަތެއް ލިބޭ އިރު އެއީ ރާއްޖޭގެ ހާއްސަކޮށް އައްޑޫގެ ފަހުރެވެ. "އަފިރިންގެ ނޭޗާ ޕާކް" ވަރަށް ޗާލެވެ!