ވިޔަފާރި

ވެލިގާގެ ޕްރޮމޯޝަން: މެޓާބޯ ބާބެކިއު ގްރިލްއެއް ލިބޭ!

މެޓާބޯ ބްރޭންޑުގެ ބާބެކިއު ގްރިލްއެއް ލިބޭ ޕްރޮމޯޝަނެއް ވެލިގާ ހާޑްވެއާ އިން ފަށައިފި އެވެ.

ވެލިގާ ހާޑްވެއާ އިން ބުނީ އެ ކުންފުނީގެ ފޭސްބުކް ޕޭޖަށް ލައިކްކޮށް ނުވަތަ ވެލިގާ ހާޑްވެއާގެ ޓްވިޓާ އެކައުންޓް ފޮލޯ ކުރުމަށް ފަހު ޕްރޮމޯޝަން އެންޓްރީ ފޯމް ފުރިހަމަ ކުރުމުން މި ޕްރޮމޯޝަންގައި ބައިވެރި ވެވޭނެ ކަމަށެވެ.

މިމަހުގެ ތިނަކުން 23 ގެ ނިޔަލަށް ކުރިޔަށްދާ މި ޕްރޮމޯޝަންގައި ކޮންމެ ހަފުތާއަކު ހޮވޭ ނަސީބުވެރިއަކަށް މެޓާބޯ ގްރިލްއެއް ލިބޭނެ އެވެ. މިގޮތުން ފުރަތަމަ ހަފުތާގެ ނަސީބުވެރި ފަރާތް ހޯވާ އެ ފަރާތަށް ވަނީ މިހާރު އިނާމު ހަވާލުކޮށްފަ އެވެ. ކޮންމެ ހަފުތާއަކު ވެސް ނަސީބުވެރި ފަރާތް ހޮވަނީ ޖެހިގެން އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ރޭގަ އެވެ.

މެޓާބޯއަކީ ޕަވަޓޫލްސް އުފެއްދުމަށް ދުނިޔޭގައި ނަން މަޝްހޫރު ޖަރުމަނު ވިލާތުގެ ބްރޭންޑެކެވެ. މި ބްރޭންޑްގެ އުފެއްދުންތަކުގެ ތެރޭގައި މަސައްކަތުގައި އާންމުކޮށް ގެންގުޅޭ ހުރިހާ ޕަވަރ ޓޫލްެއެއް ހިމެނެ އެވެ. މިދިޔަ އަހަރު ރާއްޖޭގެ ބާޒާރަށް ނެރުނު މި ބްރޭންޑްގެ އުފެއްދުންތައް ވަނީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ މަސައްކަތްތެރިންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފަ އެވެ.

ދެހާސް އަށް ވަނަ އަހަރުން ފެށިގެން ހާޑްވެއާގެ ވިޔަފާރި ކުރަމުން އަންނަ ވެލިގާ ހާޑްވެއާރއިން މިހާތަނަށް ވަނީ މާލެ އާއި ހުޅުމާލޭގައި ފަސް ފިހާރައެއް ހުޅުވައި ފަހާނާ އަދި އިންޓީރިއާ ޑެކަރޭޝަންއަށް ހާއްސަކޮށް "ބްލަންކް" ގެ ނަމުގައި ވެސް ފިހާރައެއް ހުޅުވާފަ އެވެ.

ވެލިގާ ހާޑުވެއާ އިން ދަނީ ދުނިޔޭގެ މަޝްހޫރު އެތަށް ބްރޭންޑެއްގެ ކޮލިޓީ އުފެއްދުން ތަކެއް ރާއްޖެ އެތެރެކޮށް މަސައްކަތްތެރިންނާއި ހަމައަށް ފޯރުކޮއްދެމުންނެވެ.