ވިޔަފާރި

ނޭޝަނަލް ޓެންޑަ ބޯޑް އެކުލަވާލައިފި

ޕްރައިވެޓް ސެކްޓާ ތަމްސީލް ކުރާ މެންބަރަކާއެކު ނޭޝަނަލް ޓެންޑަ ބޯޑް، އެކުލަވާލައި ފިނޭންސް މިނިސްޓްރީން އާއްމުކޮށްފި އެވެ.

ފިނޭންސް އިން އާއްމުކޮށްފައިވާ ނޭޝަނަލް ޓެންޑަ ބޯޑުގައި ހަތް މެންބަރުން ތިއްބަވަ އެވެ.

ބޯޑުގެ ޗެއާމަނަކީ ފިނޭންސް މިނިސްޓްރީގެ ޗީފް ރިސޯސަސް މޮބިލައިޒޭޝަން ޑެޓް މެނޭޖުމަންޓް އެގްޒެކެޓިވް މަރިޔަމް އަބްދުއް ނާސިރު އެވެ. ބޯޑުގައި ދެން ހިމެނެނީ ފިނޭންސް މިނިސްޓްރީގެ ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވް އަހުމަދު މުޖުތަބާ އެވެ. މީގެ އިތުރުން ތިއްބަވަނީ ރައީސް އޮފީހުގެ ޑިރެކްޓަރު އުބައިދުއްﷲ އަލީ އާއި ޕްލޭނިން މިނިސްޓްރީގެ އިންޖިނިއާ އަހުމަދު މުސްތަފާ އާއި އެޓާނީ ޖެނެރަލް އޮފީހުގެ ސީނިއަ ސްޓޭޓް އެޓާނީ އިސްމާއީލް ސިމަންގެ އިތުރުން އެންވަޔަރަންމަންޓު މިނިސްޓްރީގެ ޑިރެކްޓަރު އަފްސަލް ހުސެއިނާއި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ލާދު ހަމީދެވެ.

އަދި އަމިއްލަ މެންބަރެއްގެ ގޮތުގައި ހިމެނެނީ އިބްރާހިމް ނާހިދު އެވެ.