ހަބަރު

އިމާރާތަކުން ވެއްޓުނު ގަލަކުން ޖެހި މީހަކު މަރުވެއްޖެ

ހުޅުމާލޭގައި ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ގަލަކުން ޖެހި މީހަކު މަރުވެއްޖެ އެވެ.

ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް އަވަސްއަށް ވިދާޅުވީ، އޭނާ ހޮސްޕިޓަލަށް ގެނައިރު ވެސް މަރުވެފައިވާ ކަމަށެވެ. މަރުވި މީހާގެ ބޮލަށް ވަރަށް ބޮޑެތި ޒަހަމްތައް ލިބިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މަރުވެފައިވަނީ 44 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެކެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުވެސް ވަނީ ބަންގްލަދޭޝްގެ ކުޑަ ކުއްޖެއްގެ ގަޔަށް ސިމިންތި ބަސްތާއެއް ވެއްޓުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާދެނިކޮށް މަރުވެފައިވެ އެވެ.