ހަބަރު

މާލޭގައި މާރަމާރީއެއް ހިންގައި މީހެއްގެ ބޯ ފަޅާލައިފި

Feb 18, 2019
1

މާލޭގައި ދެ ގްރޫޕެއްގެ މެދު ރޭ މާރަމާރީ ހިންގައި އޭގެ ތެރެއިން ގްރޫޕެއްގެ މީހަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ ރޭ 12:45 ހާއިރު އަލިކިލޭގެފާނު މަގުގައި ދެ ގްރޫޕެއްގެ ދެމެދު ހިނގި މާރަމާރީގައި 22 އަހަރުގެ ޒުވާނެއްގެ ބޮލުން ދެ އިންޗި ވަރުގެ ތަނެއް ފަޅާލާފައިވާ ކަމަށެވެ. އަދި އޭނާއަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށެވެ.

މި މައްސަލާގައި ފުލުހުން ވަނީ ވަޅި އަކާއެކު މީހަކު ހައްޔަރުކޮށްފަ އެވެ. އަދި ތޫނު ހަތިޔާރު ހިފައިގެން ގްރޫޕު މާރަމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތު ކުރެވޭ ފަރާތްތަކުން ބޭނުން ކުރި ދެ ސައިކަލު ހުއްޓުވާ ޓޯކޮށްފައިވެ އެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.