ހަބަރު

ޑިންގީއެއް ބަންޑުން ޖަހާލައި، އަންހެނަކު ގެއްލިއްޖެ

ލ. ކައްދޫއިން ފުރައިގެން މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި އަންހެނަކު ގެއްލިއްޖެ އެވެ. ގެއްލިފައިވަނީ މާމެންދޫއަށް ނިސްބަތްވާ 19 އަހަރުގެ އަންހެނެކެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ހާދިސާ ހިނގީ މިރޭ 9:30 ހާއިރު އެވެ. އެ ޑިންގީގައި އަންހެން މީހާގެ އިތުރުން ދެން އިނީ ފިރިހެނެކެވެ.

ޑިންގީ ބަންޑުން ޖަހާލުމުން އޭނާ ވަނީ ފަތާފައި ގޮސް ސިކްސް ސެންސް ރިސޯޓަށް އަރާފަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެންއޭޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގެއްލުނު މީހާ ހޯދުމަށް ސިފައިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.