އެމްއެންޑީއެފް

ކުއްޖާ ހޯދަން ޑައިވިން ރޮބަޓް ބޭނުން ކުރަން ފަށައިފި

ލ. ކައްދޫއިން ފުރައިގެން މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި ގެއްލުނު 19 އަހަރުގެ އަންހެން މީހާ ހޯދުމުގެ މަސައްކަތުގައި މިހާރު ޑައިވިން ރޮބަޓް ބޭނުން ކުރަން ފަށައިފި ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

މިމަހު 22 ވަނަ ދުވަހު ހިގި މި ހާދިސާގައި، ގެއްލިގެން ހޯދަމުންދަނީ ލ.މާމެންދޫ ޝިމާ ނާފިޒް އެވެ. ޑިންގީ ދުއްވަން ހުރި ފިރިހެން މީހާ ވަނީ ފަތާފައި ސިކްސް ސެންސް ރިސޯޓަށް ގޮސްފަ އެވެ. މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އެރޭ 9:30 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފެ އެވެ. އަދި ޑިންގީ އެ ދެމީހުން ފިޔަވައި އިތުރު މީހަކު ނެތްކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އަންހެން މީހާ ހޯދުމުގެ މަސައްކަތުގައި، ހެލިކެޕްޓަރު، ކޯސަްޓްގާޑުގެ ޓީމްތަށް، ސިކްސް ސެންސް ރިސޯޓް އަދި ފުލުހުންނާ ބައެއް އަމިއްލަ ފަރާތްތަކުން ކުރަމުން ދިޔަ ނަމަވެސް، އަދިވެސް ބަންޑުން ޖަހާލި ކަމަށް ބުނާ ޑިންގާ އާއި ޑިންގީން ދަތުރު ކުރި އަންހެން މިހާގެ ހަބަރެއް ވެފައި ނުވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.

ޑައިވިން ރޮބަޓް ވަނީ މީގެ ކުރިން އައްޑޫ ސިޓީން ގެއްލުނު ދެ ކުއްޖަކު ހޯދުމަށްވެސް ބޭނުން ކޮށްފަ އެވެ.