މޯލްޑިވްސް ޕޮލިސް ސާވިސް

ޕޮލިސް ރީފޯމް މަސައްކަތުގެ ތެރެއިން "ކްރިމިނަލް ޖަސްޓިސް ސެކްޓާ" ބާއްވައިފި

ސަރުކާރުގެ 100 ދުވަހުގެ ވައުދެއް ކަމަށްވާ ޕޮލިސް ރީފޯމް ކުރުމުގެ މަސައްކަތުގެ ތެރެއިން މިއަދު ހެދުނު "ކްރިމިނަލް ޖަސްޓިސް ސެކްޓާ" ގެ ނަމުގައި ޖިނާއި އަދުލުގެ ނިޒާމުގައި ހިމެނޭ މުއައްސަސާތަކުގެ ބޭފުޅުންނާ ބައްދަލު ކުރައްވައިފި އެވެ.

މި ބައްދަލުވުމަކީ ފުލުހުންގެ ރީފޯމް ކުރުމުގެ ގޮތުން ޖިނައީ އަދުލުގެ ތެރޭގައި ހިމެނޭ ނިޒާމްތަކުގެ ހިޔާކލު ހޯދުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގަިއ ވަނީ ޕޮރެސެކިއުޓާ ޖެނެރަލް (ޕީޖީ) އެޓާނީ ޖެނެރަލް އޮފީސް، ކްރިމިނަލް ކޯޓް، ޖުވެނައިލް ކޯޓް، ޑްރަޑް ކޯޓް، މެޖިސްޓްރޭޓް ކޯޓް، ހައި ކޯޓު އަދި ސުޕްރީމް ކޯޓު ތަކުގެ މަސައްކަތް ކުރައްވާ 47 ބޭފުޅަކު ވަނީ ބައިވެރިވެފަ އެވެ.

މީގެ އިތުރުންވެސް މިއަހަރު ތެރޭ ފުލުހުން ވަނީ ޕޮލިސް ރީފޯމް ކުރުމުގެ މަސައްކަތުގެ ތެރެއިން މަހާސިންތާ ބާއްވާފަ އެވެ. އެގޮތުން ފަސް މަހާސިންތާ އެއް ފުލުހުން ވަނީ ބާއްވާފަ އެވެ. މީގެ ތެރޭގައި ދައުލަތުގެ އިދާރަތަކާ މުވައްސަސަތާކާ އަދި އަތޮޅުތަކުގެ ފުލުހުންނަށް ހާއްސަ ކޮށްގެން ވަނީ މާހާސިންތާތަކެއް ބާއްވާފަ އެވެ.

ޕޮލިސް ރީފޯމް ކުރުމުގެ ގޮތުން މިހާތަނަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ނިމިފަިއވާ ކަންތަކަށް ބަލާއިރު، ނެއިބާ ހޫޑް ޕޮލިސް ތައާރަފް ކޮށް މާލެ އެތެރެ ޕެޓްރޯލް ކުރުން އިތުރަށް ހަރުދަނާ ކޮށްފައިވެ އެވެ. އަދި އަތޮޅުތެރޭ ރަށްރަށުގައި ތިބި ނުކުޅެދުންތެރިކަން ހުންނަށް ފަރާތަކާއި، ޑްރަގް ވަބާއިން ސަލާމަތްވާން ބޭނުންވާ ފަރާތްތަކާއި، އިޖްތިމާއީ އެހީއަށް ބޭނުންވާ ފަރާތްތަކުގެ މައުލޫމާތު އެއްކޮށް އަދި ގަވާއިދުން ހާލުބަލާ އެހީތެރިވެ ދޭނެ ނެޓްވާކް އެއްގެ ގޮތުގައި ސީބީއާރު ނެޓްވާކް އެއް އުފައްދާ ރަށުފެންވަރުގައި މީހުން ތަމްރީނު ކުރެވޭނެ ގޮތް މިހާރު ވަނީ ހަމަޖައްސާފަ އެވެ.