ހަބަރު

މާލޭ ގެސްޓް ހައުސްއަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެ

މާލޭ ގެސްޓް ހައުސްއަކުން މަރުވެފައިވައިވާ ޒުވާނަކު މިއަދު ހެނދުނު ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އަވަސް އަށް ވިދާޅުވީ، ގެސްޓް ހައުސްއެއްގެ ތެރެއިން މަރުވެފައިވާ މީހަކު ފެނިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އެކަމުގެ ތަފްސީލުތަަށް ލިބުނުހާ އަވަހަކަަށް މީޑިއާތަކާ ހިއްސާކުރާނެ ކަމަށެވެ.

މައުލޫމާތު ލިބޭގޮތުގައި މަރުވެފައިވަނީ އައްޑޫ ސިޓީ މަރަދޫ އަށް އުފަން އުމުރުން 34 އަހަރުގެ ފިރިހެނެކެވެ.