މާލޭގެ ގެސްޓުހައުސްއެއްގެ ތެރޭ މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ އެވެ.
ފުލުހުން މިއަދު ބުނީ މާލޭގެ ކާސިންޖީ މަގުގައި ހުރި ގެސްޓުހައުސްގައި މީހަކު މަރުވެފައި އޮތް ކަމަށް ބުނެ މިއަދު ހެނދުނު ރިޕޯޓެއްކޮށްފައިވާ ކަމަށާއި އެތާނގައި މަރުވެފައި އޮއްވާ ފެނުނީ ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށެވެ.
އެ މީހާއަކީ މ. ކޮޅުފުށިން އައި މީހެއް ކަމަށާއި އެމީހާ ބަނޑަށް ތަދުވާތީ އިއްޔެ އޭޑީކޭ ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ މީހާ މިއަދު އަލުން ޑޮކްޓަރަށް ދައްކަން ދާން އޮތް ކަމަށް ވެސް ބުންޏެވެ.