ހަބަރު

ބަންގަލަދޭޝްގައި މަރާލީ ދިވެއްސެއް ނޫން: ފޮރިން މިނިސްޓްރީ

ބަންގްލަދޭޝްގައި މަރާލީ ދިވެއްސެއް ނޫން ކަމަށާއި އެ ގައުމުގެ ނޫސްތަކުގައި ވަނީ ދޮގު މައުލޫމާތެއް ކަމަށް ފޮރިން މިނިސްޓްރީ އިން މިއަދު ބުނެފި އެވެ.

ބަންގްލަދޭޝްގެ ޔޫއެންބީ ނިއުސް އިން ބުނީ، ހަމަލާ ދިނުމުގެ ސަބަބުން ފަރުވާ ހޯދަމުން ދަނިކޮށް މަރުވެފައިވަނީ އެ ގައުމުގައި ދިރިއުޅެމުން ދާ 35 އަހަރުގެ ލާލު ޝާހު ކިޔާ ދިވެއްސެއް ކަމަށެވެ.

އެހެން ނަމަވެސް، ފޮރިން މިނިސްޓްރީއިން ބުނީ މަރުވި ފިރިހެން މީހާ އަކީ ދިވެއްސެއް ނޫން ކަމަށާއި ނަމަވެސް ރާއްޖޭގައި މީގެ ކުރިން މަސައްކަތް ކުރި މީހެއް ކަމަށެވެ. އަދި އެ ނޫހުން އެއީ ދިވެއްސެއް ކަމަށް ރިޕޯޓް ކުރެވުނީ އެރި އޮޅުމަކުން ކަމަށް ވެސް ބެލެވޭ ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.