ގަވަނަރު

އެމްއެމްއޭގެ ގަވަރުނަރު މިރޭ ފުލުހަށް ހާޒިރު ކުރަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހްމަދް ނަސީރު މިރޭ ފުލުހަށް ހާޒިރުވުމަށް އަންގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ އެކަން އަވަސްއަށް މިރޭ ކަށަވަރުކޮށްދީފަ އެވެ. ފުލުހުން ގަވަރުނަރު ނަސީރުގެ މައްސަލަ އެއް ބަލަމުން އަންނަށް ކަމަށް އެންމެ ފުރަތަމަ ބުނެފައިވަނީ މިމަހު ފަސް ވަނަ ދުވަހު އެވެ. ފުލުހުން ބަލަމުން ދަނީ ގާނޫނީ މައްސޫލިއްޔަތު އަދާ ކުރުމަށް ނަސީރު ހުރަސް އެޅިކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެކެވެ.

އެނގިފައިވާ ގޮތުގައި ނަސީރުއާ ދެކޮޅަށް ފުލުހަށް މައްސަލަ ހުށާހެޅީ އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖަންސް ޔުނިޓުގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފް އެވެ. އޭނާ އެ މައްސަލަ ހުށަހެޅީ ރިޔާސީ އިންތިހާބަށް ފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މަނީ ލޯންޑަރިންގެ މައްސަލަ އަޝްރަފް ފުލުހަށް ހުށަހެޅުމާ ގުޅިގެން ނަސީރު އިސްކޮށް ހުންނަވައިގެން އޭނާ އެ މަގާމުން ވަކި ކުރި މައްސަލާގަ އެވެ.

އެމްއެމްޕީއާރްސީގެ މައްސަލާގައި އަޝްރަފް އާއި ނަސީރުގެ އިތުރުން ފައިނޭންޝިއަލް އިންޓެލިޖަންސް ޔުނިޓުގެ ކުރީގެ ވެރިއަކަށް ހުންނެވި އާތިފް ޝަކޫރު ވެސް މީގެ ކުރިން މަޖިލިހަށް ހާޒިރު ކުރާގޮތަށް ވަނީ ނިންމާފަ އެވެ. އެއީ އޭސީސީ އިން ނެރުނު އެ ރިޕޯޓުގައި އެމްއެމްއޭއާ ބެހޭ ގޮތުން ހާމަވީ ކަންކަމާ ގުޅޭ މައުލޫމާތު އޮޅުން ފިލުވުމަށެވެ.