ހަބަރު

މިސްކިތްތައް ކައުންސިލްތަކާ ހަވާލުކޮށްފި

އިސްލާމިކް މިނިސްޓްރީން ބަލަމުންގެން ދިޔަ މިސްކިތްތައް ބެލެހެއްޓުން ކައުންސިލްތަކާ ހަވާލު ކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީ އިން އިއްޔެ ނެރުނު ސާކިއުލާގައިވާ ގޮތުން މިސްކިތްތައް ބެލެހެއްޓުން ރަށު ކައުންސިލްތަކަށް ބަދަލުކުރަން ވަނީ ނިންމާފަ އެވެ. އެ ބަދަލު ގެނައީ، އެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގަތުމުން ކަމަށް ސާކިއުލާގައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މިސްކިތްތަކުގެ މުވައްޒަފުންގެ ކަންތަކާއި އެ މީހުންނަށް މުސާރަދިނުމުގެ މަސައްކަތް އަންނަ އޭޕްރިލް މަހުން ފެށިގެން ކުރާނީ ރަށު ކައުންސިލުންނެވެ. އަދި މުވައްޒަފުންނާއި މުސާރައިގެ ބަޖެޓް ކައުންސިލްތަކަށް ބަދަލުކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

މިސްކިތްތައް ބެލެެހެއްޓުމުގެ ޒިންމާ ކައުންސިލްތަކުން ނަގާ، އިސްލާމިކް މިނިސްޓްރީއާ ހަވާލު ކޮށްފައިވަނީ ކުރީގެ ސަރުކާރުގަ އެވެ.