މިފްކޯ

މިފްކޯގެ ވޭނެއް ހުއްޓުވާ، 2 މިލިއަން ރުފިޔާ ފޭރިގެންފި

Mar 20, 2019
20
ދެ މިލިއަން ރުފިޔާ ހުރި މިފްކޯގެ ވޭން: ވޭނު ބިއްލޫރިގަނޑު ތަޅާލައި ފައިސާތައް ވަނީ ފޭރިގަނެފައި --
60%
20%
20%

މިފްކޯގެ ވޭނެއް މަގުމަތިން ހުއްޓުވުމަށް ފަހު އޭގައި އުފުލި މިފްކޯގެ ދެ މިލިއަން ރުފިޔާ ފޭރިގެންފި އެވެ.

މާފަންނުގައި ހުންނަ މިފްކޯގެ ހެޑް އޮފީހުން ދެ މިލިއަން ރުފިޔާ ހިފައިގެން ދަތުރުކުރި ވޭން ބޭރު މަގުން ދުއްވާފައި ދަނިކޮށް މޫނު ނިވާކޮށްގެން ތިބި ބަޔަކު އެ ވޭން ހުއްޓުވީ ކުއްލި ގޮތަކަށް ނުކުމެ ކޯރާޑިއަކުން ޖަހައި ބިއްލޫރިގަނޑު ތަޅާލައިގެނެވެ. ވޭން ހުއްޓުވުމަށްފަހު އޭގައު ތިބި މީހުންނަށް ބިރު ވެސް ދައްކައިފައި ވެއެވެ. އަދި އޭގެ ފަހު ކޯރާޑިއަކުން ޖަހާ ވޭނުގެ އެހެން ބިއްލޫރިގަނޑެއް ތަޅާލުމަށް ފަހު ދެ މިލިޔަން ރުފިޔާ ފޭރިގަނެގެން ދިޔައީ އެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ފައުޒީ "އަވަސް" އަށް ވިދާޅުވީ އެ ފައިސާއަކީ މައި އޮފީހުން ފެލިވަރަށް ގެންދަން އުޅުން ފައިސާތަކެއް ކަމަށެވެ. އަދި އެކަން ހިނގި އިރު ވޭނުގައި އިނީ ޑްރައިވަރާއެކު އެ ކުންފުނީގެ މުއައްޒަފެއް ކަމަށާއި ބިއްލޫރިގަނޑު ތަޅާލި ގަޑީ އެ މީހުންނަށް ވެސް ކުދި އަނިޔާތައް ވެފައިވާ ކަމަށެވެ.

ފޭރުމުގެ މި ހާދިސާއާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

މިދިޔަ މަހުގެ ތެރޭގައި މިފްކޯގެ މައި އޮފީސް ވެސް ފަޅާލައި ލެޕްޓޮޕެއް ވަގަށް ގެންދިޔަ އެވެ. ފަހަކަށް އައިސް މާލެ ސަރަހައްދުގައި ބޮޑެތި ފައިސާގެ އަދަދުތައް ފޭރުމުގެ މައްސަލަތައް ވަނީ ވަރަށް ގިނަވެފަ އެވެ.

20 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ދދ

ރޯމާ ދުވާލު ބައިތުލް މާލު ލޫޓުވާލަނީ މިފަދަ މީހުންގެ އަތްފައި ކަޑަން ޖެހޭނީ ! މީ ބިމުގައި ފަސާދަ ކުރާ މީހުން !

ލލ

ތީ ފޭރުވާލީ އެގިތިބެ ފައިސާ ގެއްލުވާލީ ފައިސާ ގެންދާކަން އެންގީވެސް ތިމީހުން ނުންތޯ ؟

ޢަދުލު

މިގައުމަށް މާހެޔޮއެދިގެން ވެރިކަމަށް މަކަރާހީލަތުން އައިސްތިބި ބައިގަނޑުރާވައިގެން ކޮށްފައިވާކަމެއް ގައުމުއެއްކޮށް އިންޑިއާގެ އަޅުވެތިކޮށްގެން ރައްޔަތުންމިތިބީ ގިއްގަޅުވާފަ ބާރަށްއަތްޖާހާ

ޢަހާ

ކެންޕޭނަށް ފަންޑިން ހޯދަނީ

ުނަޝްފާ

ފިޝަރީސް މިނިސްޓަރަކީ މައުމޫނުގެ ބައްޕަ އަބްދުލްގައްޔޫމްސީދީއަށް މުނިކާފަ ކިޔާ މީހެއް. ކުރިން މިނިސްޓަރު ކަން ކޮށް ފެއިލް ވެފަ ހުރި މީހެއް. ދެން ކިހިނެތް މިނިސްޓްރީ އެއްގެ އަމަނު ބަލަހައްޓާނީ ؟؟؟؟ ޒަހާ ވަހިދު އިސްތިއުފާ ދޭން ޖެހޭ.

އައްޔު

މިހާދިސާގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް އެބަހުރި. އެގޮތުން އެހާގިނަ ފައިސާ ހިފައިގެން ޕޮލިހަށް އަންގާނުލާ ދިއުން ، އަނެއްކަމަކީ ތިވޭން ދުެްވާފައި ދިޔައިރު ތީގައި ފައިސާ އުފުލާކަން އެމީހުނަށް އެނގުނު ގޮތް. ބޮޑަށް ބެލެވެނީ ތިއީ ތަނުގެ މުއައްޒިފެއްގެ ހިއްސާއޮވެ ރޭވިގެން ހިނގި ފޭރުމެއް ކަމަށް.

ެއެޖެންޑާ 19

ތިވާނީ އޮޅުމަކަށް. މިހާރަކު ނުފޭރޭނެ.

ެހެވީމެސިނަރީ

ގިނަފައިސާ ތަކެއް ހިފައިގެން ދަތުރުކުރަންވާނީ ހަތިޔާރުއެޅި ސެކިއުރިޓީ ޓީމަކާއެކު.

އަރީ

ލުުކުސް ލައިކު ޕުރީ ޕުލޭންޑު

ހަސަނުގ

އީޒީ މަނީ. ހާދަ ފަސޭހަ ކަމެކޭދޯ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345