މޯލްޑިވްސް ޕޮލިސް ސާވިސް

ސައިކަލެއްގައި ރޭ ވެސް ރޯކޮށްލައިފި

ސައިކަލް ތަކުގައި ރޯ ކުރުން އިތުރުވެފައި ވަނިކޮށް ރޭ ކ. މާފުށީގައި ވެސް ސައިކަލެއްގައި ރޯކޮށްލައިފި އެވެ.

ފުލުހުން ބުނީ އެ ސައިކަލުގައި އަލިފާން ރޯވެ އަދަމުންދާކަން އެނގުނީ ރޭ ދަންވަރު 2:30 ހާއިރު ކަމަށެވެ. އެ އަލިފާނުގައި ސައިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައި ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރާއިރު އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ.

މާފުށީގައި ސައިކަލެއްގައި ރޯވެ ބޭނުން ނުކުތެވޭ ވަރަށް އަދައިފައިވާއިރު މިމަހު 21 ވަނަ ދުވަހު ދަންވަރު ހެލްމެޓް އަޅައިގެން ތިބި ބަޔަކުވަނީ މާލޭގައި ހިންގާ އިހްސާން ފިހާރަ ކައިރީގައި ޕާކުކޮށްފައި ހުރި އަށް ސައިކަލެއްގެ ރޯ ކޮށްފަ އެވެ. މިހާދިސާގައި ހަ ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަދައިފަ އެވެ. މިމައްސަލައިގައި މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެ އެވެ.

މިމަހު 22 ވަނަ ދުވަހު ހޯރަފުށީގައި ސައިކަލެއްގައި ރޯ ކޮށްލުމުގެ ތުހުމަތުގައި ފުލުހުންވަނީ ކޯޓު އަމުރެއްގެ ދަށުން 28 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފަ އެވެ. އަދި މިފަފަހަރު މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން މއ. ދެކުނު ދެކުނު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓް އަހްމަދް ހައިތަމްއަށް ކެމްޕޭން ކޮށްދިނުމުގައި އިސްކޮށް އުޅޫ މީހެއްގެ ސައިކަލުގައި ރޯކޮށް ހައިތަމްގެ ކެމްޕޭން ޖަގަހަށް ގެއްލުންދީފަ އެވެ.