ހަބަރު

މިސްކިތްތައް އޭސީ ކުރުމުގެ މަސައްކަތް ފަަށައިފި

ރާއްޖޭގެ ހުރިހާ މިސްކިތްތަކެއް އޭސީ ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ. މިސްކިއްތަށް އޭސީ ކުރާނީ އިއާދަ ކުރެނިވި ހަކަތަ ބޭނުން ކޮށްގެނެވެ. ތިން އަހަރަށް ބަހާލައިގެން 553 މިސްކިތް އޭސީ ކުރާނެ އެވެ.

ފ. ދަރަނބޫދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވީ މިސްކިތްތަކުގައި އޭސީ ހަރު ކުރުމުގެ މަސައްކަތުގައި ފުރަތަމަ ބަލާނީ އެންމެ ގިނަ މީހުން އަރާ މިސްކިތްތަކަށް ކަމަށެވެ.

އޭނާ ވިދާޅުވީ، މިސްކިތްތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެ ކަމުގައި ބަލަން ޖެހޭ ކަންކަން ވެސް ބަލާފައިވާ ކަމަށެވެ.

މި މަސައްކަތް ފެށުމުގެ ގޮތުން ފުރަތަމަ އޭސީ ކުރި މިސްކިތަކީ ދަރަނބޫދޫގައި ހުންނަ މަސްޖިދު ތަޤްވާ އެވެ.