ސެކަންޑަރީ މާކެޓްގައި އާއްމުންނަށް ޓްރެޒަރީ ބިލް (ޓީ-ބިލް) އާއި ޓްރެޒަރީ ބޮންޑް (ޓީ - ބޮނޑް) ގަނެވޭ ނިޒާމެއް ގާއިމް ކުރަން މަރުކަޒީ ބޭންކުން ކުރާ މަސައްކަތް ވަރަށް އަވަހަށް ނިމެނޭ ކަމަށް ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެ އެވެ.
އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ގަވަރުނަރު ނަސީރު ވިދާޅުވީ އާއްމުންނަށް ޓީ-ބިލާއި ބޮންޑުގައި އިންވެސްޓް ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމުގެ ގޮތުން، ސެކިއުރިޓީޒް ޑިޕޮސިޓަރީ ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް މި އަހަރު ނިމޭނެ ކަމަށެވެ.
"މި މަސައްކަތް [ސެކިއުރިޓީޒް ޑިޕޮސިޓަރީ ސިސްޓަމް] ގެ މަސައްކަތް ނިމުމުން އާއްމު ރައްޔިތުންނަށް ސަރުކާރުގެ ޓީ-ބިލާއި ބޮންޑުގައި އިންވެސްޓް ކުރެވި ދޭދޭ ފަރުދުންގެ މެދުގައި ގަނެވޭނެ ބާޒާރެއް [ސެކަންޑްރީ މާކެޓެއް] ގާއިމް ކުރެވިގެންދާނެ،" ގަވަރުނަރު ވިދާޅުވި އެވެ.
މި ސިސްޓަމްގައި ސެންޓްރަލް ޑިޕޮސިޓަރީއަކާއި ޓްރެއިނިން ސިސްޓަމެއް ވެސް ހިމެނެ އެވެ. މި ސިސްޓަމްގެ ސަބަބުން ޓެކްނޮލިޖީގެ ވަސީލަތް މެދުވެރިކޮށް ކުންފުނިތަކާއި ވަކިވަކި ސަރުކާރުގެ ދިގު މުއްދަތުގެ ޓްރެޝަރީ ބޮންޑު ގަނެވޭނެ އެވެ.
މި މަސައްކަތް [ސެކިއުރިޓީޒް ޑިޕޮސިޓަރީ ސިސްޓަމް] ގެ މަސައްކަތް ނިމުމުން އާއްމު ރައްޔިތުންނަށް ސަރުކާރުގެ ޓީ-ބިލާއި ބޮންޑުގައި އިންވެސްޓް ކުރެވި ދޭދޭ ފަރުދުންގެ މެދުގައި ގަނެވޭނެ ބާޒާރެއް [ސެކަންޑްރީ މާކެޓެއް] ގާއިމް ކުރެވިގެންދާނެއަހުމަދު ނަސީރު | ގަވަރުނަރު
ސަރުކާރުގެ ކޭޝް ފްލޯ ހަމަޖައްސަން އަބަދު ވެސް ޓީ ބިލް ވިއްކަ އެވެ. ނަމަވެސް ޓީ ބިލް އާއި ޓީ ބޮންޑުގައި އާއްމުންނަށް އިންވެސްޓް ކުރެވޭނެ ނިޒާމެއް ރާއްޖެއަކު މިހާތަނަކަށް ނެތެވެ.
ވޭތުވެދިޔަ ދެ އަހަރު ތެރޭގައި އެންމެ ގިނައިން ޓީ ބިލް ވިއްކާފައިވަނީ 2017 ވަނަ އަހަރުގެ އޯގަސްޓް މަހު އެވެ. އެ ފަހަރު ކޭޝްފްލޯ ހަމަޖެއްސުމަށް 1.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކި އެވެ. އަދި މިދިއަ ޑިސެމްބަރު މަހުގެ ފަހު ދެ ހަފުތާގައި 475.5 މިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައި ވެއެވެ.