ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ކުރިއަށްދާ މެރިން ޑައިވިންގައި ރާއްޖެ އިން ބައިވެރިވެއްޖެ އެވެ. މި އަހަރު އެމް.އެމް.ޕީ.އާރް.ސީއާ އެކު ޖަޕާނުގައި ހުންނަ ދިވެހި އެންބަސީއިން ހަރަކަތްތެއިވަމުން ދާނެއެވެ.
މި އަހަރުގެ ފެއާގައި އެމްއެމްޕީއާރްސީއާ އެކު ޖަޕާނުގައި ހުންނަ ދިވެހި އެންބަސީ އިން ހަރަކަތްތެއިވަމުން ދާނެ އެވެ. ރާއްޖޭގެ ވަފުދުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ދިވެހި ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވައިފައިވާ ސަފީރް އިބްރާހިމް އުވައިސް އެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޑައިވް ފެއާގައި ރާއްޖޭގެ ޑައިވް ސެގްމެންޓާ އިތުރު އެކި ސެގްމެންޓްތަކާ ގުޅޭ ހަރަކާތްތައް ރާއްޖޭގެ ބޫތްގައި ކުރިއަށްދާނެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ސްޓޭންޑަށް ޒިޔާރާތްކުރާ ފަރާތްތަކަށް ދިވެހި ކެއުންތައް ރަހަބެލުމުގެ ފުރުސަތު ހުޅުވިފައިވާނެ އެވެ. ޖަޕާނުގެ މަޝްހޫރު ގޭމެއްކަމަށްވާ ބިންގޯ ގޭމް ކުޅެގެން މޮޅުވާފަރާތަކަށް ލިޔެލާ ރެޓްރީޓްގެ ފަރާތުން ފަސް ދުވަހުގެ ހުރުން ލިބިގެންދާނެއެވެ. ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ އެކި މަޢުލޫމާތުތަށް ފޯރޮކޮށްދިނުމަށްޓަކައި ޕްރެޒެންޓޭޝަނެއް ރާއްޖޭގެ ބޫތްގައި ފެއަރ ބޭއްވޭ ތިން ދުވަހު ކުރިއަށްދާނެ އެވެ. މި ޕްރެޒެންޓޭޝަންގެ މައިގަނޑު މަގްސަދަކީ ގިނަ ބަޔަކަށް ރާއްޖެޔާ ބެހޭ ގޮތުން މަޢުލޫމާތް ފޯރުކޮށްދިނުމެވެ. މި ހަރަކާތްތަކުގެ އިތުރުންވެސް ގިނަ ކަންތައްތަކެއް ރާއްޖޭގެ ބޫތްގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފަ އެވެ.
ޖަޕާނުގެ މަޝްހޫރު ގޭމެއްކަމަށްވާ ބިންގޯ ގޭމް ކުޅެގެން މޮޅުވާފަރާތަކަށް ލިޔެލާ ރެޓްރީޓްގެ ފަރާތުން ފަސް ދުވަހުގެ ހުރުން ލިބިގެންދާނެއެވެ. ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ އެކި މަޢުލޫމާތުތަށް ފޯރޮކޮށްދިނުމަށްޓަކައި ޕްރެޒެންޓޭޝަނެއް ރާއްޖޭގެ ބޫތްގައި ފެއަރ ބޭއްވޭ ތިން ދުވަހު ކުރިއަށްދާނެ އެވެ. މި ޕްރެޒެންޓޭޝަންގެ މައިގަނޑު މަގްސަދަކީ ގިނަ ބަޔަކަށް ރާއްޖެޔާ ބެހޭ ގޮތުން މަޢުލޫމާތް ފޯރުކޮށްދިނުމެވެ. މި ހަރަކާތްތަކުގެ އިތުރުންވެސް ގިނަ ކަންތައްތަކެއް ރާއްޖޭގެ ބޫތްގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފަ އެވެ.
މެރިން ޑައިވިންގ ފެއަރގައި ބައިވެރިވުމުގެ މައިގަނޑު މަގްސަދަކީ ޑައިވިނަށް ލޯބިކުރާ ފަތުރުވެރިންނާ ބައްދަލުކޮށް ރާއްޖޭގެ ކަނޑުތަކުގެ ތަފާތުކަމާ ރާއްޖެއާ ބެހޭ މަޢުލޫމާތު ހިއްސާކޮށް ރާއްޖޭގެ ޑައިވް ސެގްމަންޓަށް އިތުރު ކުރިއެރުން ގެނައުމަށްޓަކައި އިންޑަސްޓްރީގެ އެކި ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާ ކުރުމެވެ.
ޖަޕާނަކީ ރާއްޖެއަށް ޓޫރިސްޓުން ޒިޔާރަތްކުރާ 10 ގައުމުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ ޖަޕާނުން 2018 ވަނަ އަހަރު ޗުއްޓީ ހޭދަކުރުމަށްޓަކައި 42،304 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ 2017 ވަނައަހަރާ އަޅާބަލާއިރު 2.8 ޕަސެންޓުގެ ކުރިއެރުމެއްކަން ފާހަގަކޮށްލެވެ އެވެ. ދެހާސް ނަވާރަ ވަނަ އަހަރު ފެބްރުވަރީ މަހުގެ ނިޔަލަށް މިހާތަނަށް 3،987 ފަތުރުވެރިން ޖަޕާނުން ޒިޔާރަތްކޮށްފައިވެ އެވެ. އެހެން ކަމުން މެރިން ޑައިވިން ފެއަރގެ ސަބަބުން ރާއްޖޭގެ ޑައިވިންގ ސެގްމެންޓް އިތުރަށް ފުޅާކުރުމަށް ފުރުސަތު ހުޅުވިގެން ދާނެއެވެ.