މޯލްޑިވްސް ޕޮލިސް ސާވިސް

ފޭދޫގައި ސައިކަލެއް ރޯކޮށްލައިފި

ގެއެއްގެ އެތެރޭގައި ހުރި ސައިކަލެއް މަގުމައްޗަށް ނެރެ އޭގައި ރޯކޮށް އަންދާލައިފި އެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީގެ ފޭދޫގައި ރޭފަތިހު 4:50 ހާއިރު ސައިކަލެއްގައި ރޯކޮށްލައިފައިވާ ކަމަށާއި އެ މައުލޫމާތު ފުރަތަމަ ލިބިފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ކަމަށެވެ. އެ މައުލޫމާތާއި ގުޅިގެން ފުލުހުންގެ ގޮސް ބެލިއިރު ބޭނުން ނުކުރެވޭ ވަރަށް ސައިކަލް އަންދާލާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ މިހާރު ތަހުގީގު ކުރަން ފަށައިފައިވާ ކަމަށާއި، މިކަމާ ގުޅިގެން މީހަކު ހައްޔަރު ކުރިކަން ފުލުހުން ސާފު ކޮށްދީފައެއް ނުވެ އެވެ. ފަހަކަށް އައިސް ސައިކަލުތަކުގައި ރޯކޮށްލުމުގެ ހާދިސާތައް ވަނީ އިތުރުވެފަ އެވެ.