ހަބަރު

ކެޔޮދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ވ. ކެޔޮދޫ ބަނދަރު ހެދުމުގެ މަސައްކަތް ޕްލޭނިންގް މިނިސްޓްރީ އިން އެމްޓީސީސީ އާ ހަވާލުކޮށްފި އެވެ.

މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތުގެ އެއްބަސްވުމުގައި ވަނީ ސޮއި ކޮށްފަ އެވެ. މަސައްކަތް ހަވާލުކުރި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހަސަން ޝާހު އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދެވެ.

ކެޔޮދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގައި 362 މީޓަރުގެ ބޮޑު ހިލައިގެ ތޮއްޓެއް ޖަހައި، 97 މީޓަރުގެ ރިވެޓްމެންޓް ޖަހާނެ އެވެ. އަދި، 121 މީޓަރުގެ ކޮންކްރީޓް ބްލޮކް އެއްގަމު ތޮއްޓާއި ނެރުބައްތީގެ އިތުރުން އެއްގަމު ތޮއްޓާ ޕޭވްމެންޓު ހަދަންވެސް ވަނީ ހަމަޖެހިފަ އެެވެ.

މި މަޝްރޫއު ނިންމުމަށް ޖުމްލަ 280 ދުވަސް ދީފައިވާއިރު މި ޕްރޮޖެކްޓުގެ އަގަކީ 29.7 މިލިއަން ރުފިޔާ އެވެ.