ހަބަރު

ރޭޕް މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި

Apr 13, 2019
4

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގެ ގެސްޓް ހައުސްއެއް ތެރޭގައި އަންހެނަކު ރޭޕް ކުރަން އުޅުނު މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

މާފަންނު ގެސްޓް ހައުސްއެއްގެ ތެރޭގައި އަންހެނަކު ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި މިއަދު ހައްޔަރު ކޮށްފައި ވަނީ 33 އަހަރުގެ މީހެކެވެ. އޭނާއަކީ އެ ރޭ ފުލުހަށް ފިލި ދެ މީހުންގެ ތެރެއިން އެކަކެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ މާލެއިންނެވެ.

އެ ގެސްޓް ހައުސްގައި އަންހެން މީހާ ރޭޕް ކުރަން އުޅުނީ ހަތަރު މީހުން ވެގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭގެ ތެރެއިން ދެ މީހުން އެ ރޭ ފިލިއިރު، އަނެއް ދެ މީހުން ހައްޔަރުކުރި އެވެ. އެ ރޭ ހައްޔަރުކު ރީ 33 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނެކެވެ.

އޭގެ ތެރެއިން 32 އަހަރުގެ މީހާ ވަނީ އިއްޔެ ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފަ އެވެ. އެ އަމުރު އިސްތިއުނާފު ކުރުމަށް ފުލުހުން ވަނީ ނިންމާފަ އެވެ. އަނެއް މީހާގެ ބަންދަށް ފަސް ދުވަސް ޖެހި އެވެ.

އެމީހުން ތިބި ކޮޓަރި ބަލާ ފާސްކުރިއިރު ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ތަށިތަކާއި ފުޅިއެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.