ލައިފްސްޓައިލް

އިންޑިއާގައި ޓިކްޓޮކް ބޭނުން ނުކުރެވޭނެ ގޮތް ހަދަނީ

އިންޑިއާގައި ޓިކްޓޮކް އެޕްލިކޭޝަން ބޭނުން ނުކުރެވޭނެހެން އެޕްސްޓޯ އާއި ޕްލޭ ސްޓޯއިން އެ އެޕްލިކޭޝަން ނަގައިދިިނުމަށް އިންޑިއާގެ ސަރުކާރުން އެދިއްޖެ އެވެ.

އިންޑިއާގެ އިލެކްޓްރޯނިކްސް އެންޑް އިންފޯމޭޝަން ޓެކްނޮލޮޖީ މިނިސްޓްރީން، އެޕަލް އަދި ގޫގަލް އިން ޓިކްޓޮކް ޑައުންލޯޑް ނުކުރެވޭ ގޮތް ހަދައިދޭން އެދިފައިވަނީ މި އެޕްްލިކޭޝަން މެދުވެރިކޮށް ފަތުރަަމުންދާ ބައެއް ވީޑިއޯ ތަަކުގެ ސަަބަބުންނެވެ. އެގޮތުން، ޓިކްޓޮކް ވީޑިއޯ އެއް ނެގުމުގައި އުޅެނިކޮށް ޒުވާނަކަށް ބަޑީީގެ ހަމަލާއެއްގައި އަނިޔާވި ހާދިސާ އެއް ވަނީ އިންޑިއާގައި ހިނގާފަ އެވެ.

ޓިކްޓޮކް އަކީ ޗައިނާގެ ކުންފުންޏެއްކަމުގައިވާ ބައިޓްޑާންސް އިން އުފައްދާފައިވާ އަދި އެ ކުންފުނިން ހިންގާ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ލަވަޔާއި ވީޑިއޯ ކްލިޕްތައް ހަދާ ހިއްސާ ކުރެވެ އެެވެ.

އިންޑިއާގެ ހައި ކޯޓުގައި މި މަައްސަލަ މިހާރު އޮތް އިރު، މި އެޕްލިކޭޝަން މެދުވެރިކޮށް ނަގާފައި ހުންނަ ވީޑިއޯތައް މީޑިއާގައި ބްރޯޑްކާސްްޓް ނުކުރުމަށް ވެސްް ކޯޓުން ވަނީ އެދިފަ އެވެ. އިންޑިޔާގައި ޓިކްޓޮކް ބޭނުން ކުރުން މަނާ ކުރުމަށް އެއްބަޔަކު އަޑު އުފުލާއިރު މި އެޕްލިކޭޝަން ބޭނުން ކުރާ މީހުން މިކަމާ ދެކޮޅު ހަދާ ސޯޝަލް މީޑިއާގައި ދަނީ ޝުއޫރު ފާޅު ކުރަމުންނެވެ.

މި މައްސަލައިގައި ޓިކްޓޮކް އުފައްދާފަައިވާ ކުންފުނިި، ޗައިނާގެ ބައިޓްޑާންސް އިން ބުނީ މިކަމުގެ ސަބަބުން އެ ކުންފުންޏަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތައް ވާނެ ކަމަށެވެ. އަދި، މިއީ ވަކި ތަަފާތު އެޕްލިކޭޝަނެއް ނޫން ކަމާއި މިއީ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ބޭނުން ކުރާ އެހެން އެޕްލިކޭޝަންތަކެކޭ އެއްކަހަލަ އެއްޗެއް ކަމަށެވެ. ޓިކްޓޮކް އެޕްލިކޭޝަން އެޕްސްޓޯ އާއި ޕްލޭ ސްޓޯރުން ނެގި ކަމުގައި ވިޔަސް ޓިކްޓޮކްގެ ރަސްމީ ވެބްސަައިޓުން ގައުމުގެ ނަން ބަދަލުކޮށްގެން ޑައުންލޯޑު ކުރެވޭނެ އެވެ.

މި އެޕްލިކޭޝަން އަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ވެސް މަގުބޫލުކަން ހޯދާފައިވާ އެއްޗެކެވެ. އިންޑިއާގެ އެތައް ހާހެއްހާ ބަޔަކު ޓިކްޓޮކް ބޭނުން ކުރަމުން އަންނަ އިރު، މީގެ ތެރޭގައި މަޝްހޫރު ފިލްމީ ފަރާތްތަކާއި ލަވަކިޔުންތެރިންވެސް ހިމެނެ އެވެެ.