ހަބަރު

ރޭ ފަތިހު ފޭރެން އުޅުނު ބަޔަކު ހުއްޓުވައި އެކަކު ހައްޔަރުކޮށްފި

މީގެ ކުރީގެ ފޭރުމުގެ ހާދިސާއެއްގައި މިފްކޯގެ ދެ މިލިއަން ރުފިޔާ ފޭރުނީ މި ވޭންގެ ތެރެއިން --
0%
0%
0%

ރޭ ފަތިހު މާލޭގެ "ފަތަހަ ސުމްބުލި" ކައިރިން ފޭރެން މަސައްކަތް ކުރި ދެމީހަކު ހުއްޓުވައި އެކަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭ ފަތިހު ފަރީދީ މަގުގައި ހުންނަ ފަތަހަ ސުމްބުލި ކައިރިން ގިނަ އަދަދެއްގެ ފައިސާތަކަކާއެކު ސައިކަލެއްގައި މީހަކު ދަނިކޮށް، ހެލްމެޓް އަޅައިގެން ސައިކަލެއްގައި ދިޔަ ދެމީހަކު އެ ސައިކަލް ކުރިމައްޗަށް އަރާ ސައިކަލް ހުއްޓުވުމަށްފަހު، ފައިސާތައް ފޭރެން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެ ދެ މީހުން ފައިސާ ފޭރެން މަސައްކަތް ކުރަނިކޮށް، އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ދެ ފުލުހުންނަށް ފެނިގެން އެމީހުން ހުއްޓުވާ ފޭރެން މަސައްކަތް ކުރި އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސް ހައްޔަރު ކޮށްފައިވާ ކަމަށާއި، ދެވަނަ މީހާ ފިލާފައިވާ ކަމަށެވެ. މީގެ އިތުރުން ފޭރެން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ފިރިހެނެކެވެ.

ފަހަކަށް އައިސް ހެލްމެޓް އަޅައިގެން ފޭރުމުގެ މައްސަލަތައް ވަނީ ގިނަ ވެފައެވެ. މިދިއަ ޖެނުއަރީ މަހުން ފެށިގެން ހިނގާފައިވާ ފޭރުމުގެ ބޮޑެތި ހާދިސާތަކުގެ ތެރެއިން، ޖެނުއަރީ މަހު ހުޅުމާލޭ، އެފްއެސްއެމްގެ 250،000ރ. ފޭރިގެންފައިވެ އެވެ. ހަމަ އެ މަހު ހުޅުމާލޭގެ ރޫޓް ފިހާރައިގެ 300،000ރ. ގިނަ ރުފިޔާ ފޭރިގަތެވެ. އަދި މާލެ، ހޮރިޒޮން ފިޝަރީސްގެ ދޮޅު ލައްކަ ރުފިޔާ އާއި 160000ރ. ގެ ޗެކެއް ފޭރިގަތެވެ. މާލޭ، އެކްސްޕާޓް މޮޓޯސް ފިހާރައަކަށް ވަދެ ވަޅިން ބިރު ދައްކައިގެން 560،000 ގިނަ ރުފިޔާ ފޭރިގެންފައިވެ އެވެ.

މީގެ އިތުރުން ބީއެޗްއެމް ފިހާރައިން ބޭންކް އަށް ޖަމާކުރަން ދިޔަ 2.3 މިލިއަން ރުފިޔާ ފޭރިގެންފައިވެ އެވެ. އަދި މިފްކޯގެ ދެ މިލިއަނަށްވުރެ ގިނަ ރުފިޔާވެސް ފޭރިގެންފައިވެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345