ހަބަރު

ކަފިހިހުރަސް އެކްސިޑެންޓް: މައްސަލަ ޕީޖީއަށް ފޮނުވައިފި

ކަފިހިހުރަހެއް މަތިން ހިނގާފައިދިޔަ މީހެއްގެ ގައިގައި ޓެކްސީއަކުން ޖެހުނު މައްސަލައިގައި ޓެކްސީ ދުއްވަން އިން މީހާގެ މައްޗަށް ދައުވާ ކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަަށް ފުލުހުން ފޮނުވައިފި އެވެ.

ފުލުހުން ބުނީ ސެނަހިޔާ ހޮސްޕިޓަލް ކައިރިީ ކަފިހިހުރަސް މަތިން މަގު ހުރަސް ކުރަނިކޮށް، ޓެކްސީއަކުން ޖެހި އެކްސިޑެންޓްވި މައްސަލައިގެ ތަހުގީގު ނިންމާ ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ޓެކްސީ ދުއްވި އެ މީހާގެ މައްޗަށް ދައުވާ ކުރަން އެދި ޕީޖީއަށް މައްސަލަ ފޮނުވި އިރު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެ ޑްރައިވަރުގެ ލައިސަންސް ދެ އަހަރު ދުވަހަށް ހިފަހައްޓާފަ އެވެ. އަދި އޭނާއަށް ދޫކޮށްފައިވާ ޓެކްސީ ކުރުމުގެ ހުއްދަ ވެސް ވަނީ ބާތިލް ކޮށްފަ އެވެ.

އެ އެކްސިޑެންޓްގައި ދެ އަންހެނަކަށް އަނިޔާވިި އެވެ.