ވިޔަފާރި

އެމްއެމްޕީއާރުސީ އަށް ނުލިބި 14 މިލިއަން ޑޮލަރު

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށް ނުލިބު 14 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 222 މިލިއަން ރުފިޔާ) އެބައޮތް ކަމަށް ބުނެފި އެވެ.

އާ ސަރުކާރު ވެރިކަމަށް އައި ފަހުން އެމްއެމްޕީއާރުސީން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ 14 މިލިއަން ޑޮލަރު ނުލިބި އޮތުމުން މި ފައިސާ ހޯދަން ތިން ފަރާތަކެއްގެ މައްޗަށް ދައުވާ ވެސް ކޮށްފައިވާ ކަމަށެވެ.

"މިހާތަނަށް ނުލިބި ހުރި ފައިސާގެ ތެރެއިން ލިބިފައި ވަނީ ފަސް މިލިއަން ރުފިޔާ. ފައިސާ ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުން،" ތޮއްޔިބު ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި 1.22 ބިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް އޭސީސީގެ ރިޕޯޓުގައިވެ އެވެ. މިގޮތުން އެ ކުންފުނި މެދުވެރިކޮށް ރަށް ކުއްޔަށް ދިނުމާއި ޑޮލަރު ވިއްކުމުގެ މުއާމަލާތްތަކެއް ހިންގާފައިވެ އެވެ. މީގެތޭގައި މެދު ފަންތީގެ ޓޫރިޒަމް ތަރައްގީ ކުރުމަށް އޭރުގެ ސަރުކާރުން ހިންގި ބަރެސްދޫ މަޝްރޫއުގެ ރަށްތައް ވެސް ހިމެނެ އެވެ. އެ މަޝްރޫއަކީ އެމްއެމްޕީއާރުސީން ހިންގި އެންމެ ބޮޑު އެއް މަޝްރޫއެވެ.