ހަބަރު

ހައުސިން މަޝްރޫތައް ބައްލަވަން މިނިސްޓަރު އައްޑޫއަށް

ހައުސިންގް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު އައިމިނަތު އާތިފާ އައްޑޫ ސިޓީގެ ހައުސިންގް އާ ގުޅުންހުރި ކަންކަން ބެއްލެވުމަށް ހާއްސަ ދަތުރުފުޅެއްގައި އައްޑޫ ސިޓީއަށް ފުރާވަޑައިގަންނަވައިފި އެވެ.

އެ މިނިސްޓްރީން މިއަދު ބުނީ، މި ދަތުރުފުޅުގައި އައްޑޫ ސިޓީގެ ހައުސިންގް އާ ގުޅުން ހުރި ބައެއް ކަންކަމުގައި ސަރުކާރުގެ ވުޒާރާތަކާއެކު މަޝްވަރާ ކުރައްވާނެ ކަމަށާއި ހުޅުމީދޫ އާއި ހިތަދޫ ހައުސިންގް ޔުނިޓުތައް ބައްްލަވާ ފޭދޫ ރޯ ހައުސްތައް ވެސް މިނިސްޓަރު ބައްލަވާނެ ކަމަށެވެ.

އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުމީދޫގެ ހައުސިންގް މަޝްރޫއު ނިންމާފައިވަނީ މިދިޔަ އަހަރު އެވެ.

އައްޑޫގައި ފަސް ބިލިއަން ރުފިޔާގެ މެގަ ޕްރޮޮޖެކްޓެއް ހިންގަން ސަރުކާރުން ނިންމަވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަހަރު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން، މަގުތައް ހެދުމާއި ބަނދަރާއި ބިން ހިއްކުމުގެ މަޝްރޫއުތައް ހިމެނެ އެވެ.