ހަބަރު

ވިޔަފާރި ބަނދަރުގައި އޮތް ބޯޓެއްގެ ކެރޭނު ވެއްޓިއްޖެ

މާލޭ ވިޔަފާރި ބަނދަރަށް މުދާ ބާލަން ކައިރިކޮށްފައި އޮތް ބޯޓެއްގެ ކެރޭނެއްގެ ބައެއް ޖެޓީ މައްޗަށް ވެއްޓިއްޖެ އެވެ.

މާލެ ވިޔަފާރި ބަނދަރު ބަލަހައްޓާ އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވީ ކެރޭން ވެއްޓުނު ނަމަވެސް އެއްވެސް މީހަކަށް ގެއްލުންވެފައި ނުވާ ކަމަށެވެ.

ފުލުހުން ވެސް ބުނީ މިއަދު މެންދުރު 2:00 އެއްހާއިރު ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާ، ނަމަވެސް އެތަނުގައި ހުރި މުދަލަށް ގެއްލުންވެފައިވާ ކަމަށާ، ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މާލެ ވިޔަފާރި ބަނދަރުގައި މުދާ ބާލަން ބޯޓު ފަހަރުގައި ހުންނަ ކެރޭން ވެއްޓުމުގެ ހިތާމަވެރި ހާދިސާތައް ބައެއް ފަހަރު ހިންގަ އެވެ. އަދި މިފަދަ ބައެއް ހާދިސާތަކުގައި އެ ސަރަހައްދުގައި މަސައްކަތް ކުރާ މީހުންނަށް ބޮޑެތި ގެއްލުންތައް ވެސް ވެފައި ވެއެވެ.